MDP/2011-035
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ދާއިމީ ކޮމިޓީތަކުގެ އިންތިޚާބު
13 އޮކްޓޯބަރ 2011 ވީ ބުރާސްފަތި ދުވަހު ބޭއްވުނު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލީހުގެ 94 ވަނަ ޖަލްސާގައި އެމަޖިލީހުން ނިންމާފައިވާ ގޮތުގެ މަތީން، އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ޢައްޔަންކުރުމަށް ބާއްވާ އިންތިޚާބު، 19 އޮކްޓޯބަރ 2011 ވާ ބުދަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް އެމްޑީޕީ ހަރުގޭގައި ކުރިޔަށްގެންދެވޭނެއެވެ. މިއިންތިޚާބުގައި ވޯޓު ލެވޭނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނަށެވެ. އިންތިޚާބުގައި މެމްބަރުން ޢައްޔަންކުރެވޭނީ ތިރީގައި މިދަންނަވާ އެމްޑީޕީގެ 17 ދާއިމީ ކޮމިޓީތަކަށެވެ.
ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއި ބެހޭ ކޮމިޓީ
ބައިނަލްއަޤުވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީ
އިޤްތިޞާދީ ކަންކަމާބެހޭ ކޮމިޓީ
މަސައްކަތާ އިޖްތިމާޢީ ޚިދްމަތްތަކާބެހޭ ކޮމިޓީ
މަސްވެރިކަމާއި ދަނޑުވެރިކަމާއި ޤުދުރަތީ ވަޞީލަތްތަކާބެހޭ ކޮމިޓީ
ޞިއްޙަތާއި ވެލްފެޔާއާބެހޭ ކޮމިޓީ
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.