ސާކްސަމިޓާ ގުޅިގެން އައްޑޫ ސިޓީ ނަލަވަނީ

ފަހަލަސަޢީދު

addu-city-convention-centre-450-x-217

ސާކްސަމިޓް ބޭއްވުމަށް ތައްޔާރުކުރާ ކޮންވެންޝަން ސެންޓަރަށް ވަދެވެން ހުންނަ މަގުތައް ދަނީ ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހަދަމުންނެވެ.
ކޮންވެންޝަން ސެންޓަރަށް ވަދޭވޭ މަގުތަކަކީ އާރޭފަ މަގު، ކަނބިހާ މަގު، މާރެންދޫ މަގު، ދުވާފަރުމަގު، ޣާޒީމަގު ( މިއީ ހިތަދޫ ބޮޑު މަގު) ކަމަށާ ދެންހުރިހުރިހާ މަގުތަކަކީ، މުޅިން އަލަށް ހެދޭ މަގުތަކެއް ކަމަށް އެސީޓީއިން ޚަބަރުދެއެވެ. އެމަގުތައް އެއީ ކޮންވެންޝަން ސެންޓަރު ސަރަހައްދުގައި، ކޮންވެންޝަން ސެންޓަރާ ގުޅިފައި ހުރި މަގުތކެވެ. މީގެ އިތުރުން ގަމުގެ ފާލަމާއި، ގަމުގެ މަގުތައް ވެސް ދަނީ ހެދެމުންނެވެ.މީގެއިތުރުން ގަމުގެ އެއަރޕޯޓްގައި ގާއިމްކުރެވޭ ވީވީއައިޕީ ލައުންޖް ހެދުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ހުއްޓުމެއްނެތި ކުރިއަށްް އެބަދާކަމަށާ މުޅިމަސައްކަތްވެސް ސުންގަޑިއަށް ނިމްމާލެވޭނެކަމަށް އެސީޓީއިން ބުނެއެވެ މީގެ އިތުރުން ގަމުގައި ރަސްމީ ޖެޓީއެއްވެސް ދަނީ ހެދެމުންނެވެ.
ސާކަުސަމިޓާ ގުޅިގެން ނަލަހެދެމުންއަންނަ އައްޑޫސިޓީގެ ފޭދޫ ބަނަދަރު ހެދުމުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމުމަކާ ހަމައަށް އައިސްފައިކަމަށާ މިމަސައްކަތްވެސް ކަނޑައެޅިފައިވާ ވަގުތަށް ނިންމާލެވޭނެކަމަށް އައްޑޫސިޓީއިން ބުނެއެވެ.
ސާކުސަމިޓް ބާއްވާ ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ވަރަށް ބޮޑު ބައެއް މިހާރުވަނީ ނިމިފައެވެ. ކޮންވެންޝަން ސެންޓާ ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމުގެ މަސައްކަތްވެސް ފެށިގެން ކުރިއައްދާކަމަށާ . އެމަސައްކަތުގެ ބޮޑު ބައެއްް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައިކަމަށް އައްޑޫ ސިޓީއިން ހާމަކުރެއްވިއެވެ. މީގެއިތުރުން އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުން ހިލޭސާބަހަށް އައްޑޫ ސިޓީ ނަލަކުރުމަށްޓަކާ ކޮންވެންޝަން ސެންޓަރ ކައިރީގައި އޮންނަ ކިޅި އޭރިއާ ސާފުކޮަށް ހެދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.އައްޑޫސިޓީގައި ސާކުގެ ޙަރަކާތްތައް ފެށޭނެވަގުތަކަށް އެސީޓީކުދި ބޮޑު އެންމެން ވެސް ތިބީ ވަރަށް ފޮނި އިންތިޒާރެއްގައެވެ.އެހެންކަމާއެކު ސާކް ސަމިޓާ ގުޅިގެން ހިނގާ ބިއުޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން އައްޑީސިޓީގެ ރަށްރަށް ޒީނަތްތެރިކޮށް ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންކަމަށާ ރައްޔިތުން މިކަމުގައި ވަރަށް ހަރކާތްތެރިކޮށް ބައިވެރިވަމުންދާ ކަން އެސިޓީއި އުފަލާއެކު ފާހަގަކޮށް އެސީޓީގެ ހީވާގި ރައްޔިތުންނަށް އައްޑޫސިޓީގެ ކައުންސިލުން ޝުކުރާ ތަޢުރީފް ރައްދުކުރާކަމުގައިވެސް ކައުންސިލްއިދާރާއިން