ރައީސުލްޖުމްހޫރިއްޔާ ފަރަންސޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި

hep-france-trip-male

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފަރަންސޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފަރަންސޭސިވިލާތަށް މިކުރެއްވި ދަތުރުފުޅުގައި، ފަރަންސޭސިވިލާތުގެ ފޮރިން މިނިސްޓަރާއި އަދި އެންވަޔަރަންމަންޓް މިނިސްޓަރާ ބައްދަލުކުރެއްވިއެވެ. އަދި ފަރަންސޭސިވިލާތުން ރާއްޖެއަށް ފަތުރުވެރިން ފޮނުވާ އިސް އޭޖެންސީތަކާއި އެއަރލައިންތަކުގެ މަންދޫބުންނާވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލޭ ރަސްމީ ފާލަމުގައި ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ދަތުރުފުޅުގެ މަޢުލޫމާތު އެފަރާތްތަކާ ޙިއްޞާކުރެއްވިއެވެ.