އެމްޑީޕީ މަޑަވެލި ދާއިރާގެ މަޖިލިސް ވަރަށް އަވަހަށް ބޭއްވޭތޯ މިދަނީ މަސައްކަތްކުރަމުން – ނާޒިމް

ދާއިރާ މަޖިލީހަށް ތައްޔާރުވުމަށް މަޑަވެލި ދާއިރާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވާނެ

އިބްރާހީމް ރާމިޒް

މަޑަވެލި ދާއިރާގެ އެމްޑީޕީ އިސް ހަރަކާތްތެރިން އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ގައި .. އެމްޑީޕީ ފައިލް ފޮޓޯ
މަޑަވެލި ދާއިރާގެ އެމްޑީޕީ އިސް ހަރަކާތްތެރިން އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ގައި .. އެމްޑީޕީ ފައިލް ފޮޓޯ

އެމްޑީޕީ މަޑަވެލި ދާއިރާގެ މަޖިލިސް ވަރަށް އަވަހަށް ބޭއްވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ނާޒިމް މިއަދު ވިދާޅުވީ މި ޚާއްސަ ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން މާދަމާ މެންދުރުފަހު އެމްޑީޕީގެ މައި އޮފީހުގެ ކޮންފަރެންސް ރޫމް ގައި އެ ދާއިރާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، މާދަމާގެ ބައްދަލުވުމުގައި ދާއިރާގެ މަޖިލިސް ބާއްވާނެ ތަނަކާއި، ތާރީޚެއް ކަނޑައަޅުއްވާނޭ ކަމަށެވެ.

މީގެ އިތުރުން ވެސްއެދާއިރާގެ މެންބަރުންނަށް ފޮނުވާފައިވާ ދާއިރާގެ މަޖިލިސްގެ ހިންޤާ ޤަވާއިދުގެ ޑްރާފްޓްއާއި ބެހޭގޮތުން މަޝްވަރާކުރުމާއި، ދާއިރާގެ އޮފީހެއް ގާއިމްކުރާނެ ތަނަކާއި އަދި އޮފީސް ގާއިމްކުރަން ފެށުމާއި ބެހޭގޮތުން މަޝްވަރާކުރުމާއި، ދާއިރާގައި ހިމެނިފައިވާ ގޮފިތައް ސައްހަކުރުމާއި ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ވެސް އެ ދާއިރާގެ ހިންގާކޮމެޓީގެ ފަރާތުން ދާއިރާގެ މަޖުލީހަށް ހުށަހަޅަންޖެހޭ ކަމެއް އޮތްނަމަ އެކަމާބެހޭގޮތުން ހުށަހަޅަންޖެހޭ ކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މާދަމާ ބާއްވާ މަޑަވެލި ދާއިރާގެ ހިންގާ ކޮމިޓީގެ ޖަލްސާ ގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

” އަޅުގަނޑުގެ ދާއިރާގެ ބޮޑު މަޖިލިސް އަށް ތައްޔާރުވުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މާދަމާ އެމްޑީޕީ އޮފީހުގަ ދާއިރާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް އެބަބާއްވަން. މި ބައްދަލުވުމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަނޑައަޅާނަން އެ މަޖިލިސް ބާއްވާނެ ތާރީޚަކާއި ތަނެއް. އަދި ދާއިރާގެ ހިންގާ ގަވައިދުގެ ޑްރާފްޓާއި، ދާއިރާގެ ގޮފިތައް ސައްޙަކުރުމާ ބެހޭ ގޮތުން ވެސް މާދަމާ އަޅުގަނޑުމެން މަޝްވަރާކުރާނަން” ނާޒިމް ވިދާޅުވިއެވެ.

މާދަމާ ބާއްވާ މަޑަވެލި ދާއިރާގެ ބައްދަލުވުމުގެ އެޖެންޑާ ވިދާޅުވުމަށް މިލިންކަށް ފިއްތަވާލައްވާ