އިބްރާހީމް ރާމިޒް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މި ރޭ ދަރުބާރުގޭ ގައި އޮންނާނެއެވެ.
ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބާއްވާ މި ޖަލްސާ ގައި އެޕާޓީގެ އަސާސީ ޤަވާއިދު އިސްލާހުކުރާ ކޮމެޓީގެ ރިޕޯޓާއި، ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ނެގި ކޮމެޓީގެ ރިޕޯޓާއި، ދާއިރާތަކުން ފާސްކޮށްފައިވާ ދާއިރާ ހިންގާ ގަވާއިދު ޤައުމީ މަޖިލީހަށް ހުށައެޅުމުގެ އިތުރުން، ސާރކް ސަމިޓާއި ބެހޭ ގޮތުން މަޝްވަރާކުރުން އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު ބާއްވާ މި ޖަލްސާ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 94 ވަނަ ޖަލްސާ އެވެ.