އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މާދަމާރޭ އޮންނާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 93 ވަނަ ޖަލްސާގެ ތެރެއިން .. އެމްޑީޕީ ފައިލް ފޮޓޯ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 93 ވަނަ ޖަލްސާގެ ތެރެއިން .. އެމްޑީޕީ ފައިލް ފޮޓޯ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މާދަމާ ރޭ ދަރުބާރުގޭ ގައި އޮންނާނެއެވެ.

ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބާއްވާ މި ޖަލްސާ ގައި އެޕާޓީގެ އަސާސީ ޤަވާއިދު އިސްލާހުކުރާ ކޮމެޓީގެ ރިޕޯޓާއި، ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ނެގި ކޮމެޓީގެ ރިޕޯޓާއި، ދާއިރާތަކުން ފާސްކޮށްފައިވާ ދާއިރާ ހިންގާ ގަވާއިދު ޤައުމީ މަޖިލީހަށް ހުށައެޅުމުގެ އިތުރުން، ސާރކް ސަމިޓާއި ބެހޭ ގޮތުން މަޝްވަރާކުރުން އޮންނާނެއެވެ.

މާދަމާރޭ 9 ޖަހާއިރު ބާއްވާ މި ޖަލްސާ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 94 ވަނަ ޖަލްސާ އެވެ.