މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށާއި، ތިން ރަށެއްގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރައްވައިފި

15 ޖޫން 2010

މަތި އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކުދިމާގޭ ޢަދްނާން ޢަބްދުﷲ އެވެ. މީގެއިތުރުން، ތިންރަށެއްގެ ކައުންސިލަރގެ މަގާމަށްވެސް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރެއްވިއެވެ. މިގޮތުން ޢައްޔަން ކުރެއްވި ތިންބޭފުޅުންނަކީ، މާލެއަތޮޅު ހިންމަފުށީ ކައުންސިލަރގެ މަގާމަށް ހިންމަފުށީ މޫނިމާގޭ ފަރްހާދު އިބްރާހީމާއި، އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލަރގެ މަގާމަށް ދިގުރަށު ޒަމާނީކުލަ ނައުޝާދު މުޙަންމަދާއި، ކޮޅުމަޑުލު މަޑިފުށީ ކައުންސިލަރގެ މަގާމަށް މަޑިފުށީ ފިތުރޯނުގޭ އަޙްމަދު ނަސީމެވެ.