އަދި ދެއަހަރުފަހުން ޓެކްސް ނަގަން އިދިކޮޅު ފަރާތްތަކުން އޯކޭ- ޖާބިރު

ފަހަލަސަޢީދު

picture-076

މިރާއްޖޭގައި ޓެކްސްގެ ނިޒާމެއް އޮތުމަކީ އިދިކޮޅުފަރާތްތަކުން ވެސް ބޭނުންވާ ކަމެއް ކަމަށާއި، ނަމަވެސް ސަރުކާރުން ޓެކްސް ނެގުމުގެ ސަބަބުން ރައްޔިތުންގެ ތަރައްގީ އެތައްތަނަކުން ކުރިއަރައިދާ ތަން މިސަރުކާރު ބާއްވައިގެން ބަލަން ތިބުމަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމް ކުރެވޭނެކަމެއްނޫންކަމުގާ ޒުވާން މަހުޖަނު ޢަބުދުﷲޖާބިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ އޮތް އެޕާޓީގެ ޖަލަސާއެއްގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ފަންޑް ރައިޒިންގ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ، ޖާބިރު ވިދާޅުވީ ޓެކްސްނަގަން ސަރުކާރުން އެފެއްޓެވީ މަޖިލީހުން ފާސްކޮށްގެންކަމަށާއި، ޓެކްސް ނެގުމަކީ މާކުރީންވެސް ކުރަންޖެހިފައިވާ ކަމެއްކަމަށް އިދިކޮޅުފަރާތްތަކުން ވެސް ދެކޭކަމުގައެވެ. ނަމަވެސް ޓެކްސްގެ ނިޒާމަށް ތާއީދުކޮށް ވޯޓުދީފައި އަނެއްކޮޅުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުނަށް އޮޅުވާލުމަށް ކަން ޖާބިރު ފާހަގުރެއްވިއެވެ.
ރޭގެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މިރާއްޖޭގެ ތަރައްގީ ދެއަހަރަށް ފަސްކޮށްގެން ރައްޔިތުން ބިކަޙާލުގައި ބައިތިއްބައިގެން ތިބެވެން ނެތްކަށާ ގެއްލިފައިވާ ތިރީސް އަހަރުގެ ގެއްލުންތަށް އަވަހަށް ފޫބައްދަން ޖެހިފައިވާކަމުގައިވެސް ޖާބިރު ވިދާޅު ވިއެވެ.
ޖާބިރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން 2013 އާ ރައީސްނަޝީދު ކުރިމަތިލައްވާނީ ތިރީސް އަހަރުން ވެސް ވެފައިނުވާ ތައްގީ މިރާއްޖެއަށް ގެނެސްދީފައިކަމަށާ 2013ގެ ރައީސަކީވެސް ރައީސްނަޝީދު ކަމާމެދު އެއްވެސް ޝައްކެތް ނެތްކަމުގައި ވިދާޅުވިއެވެ. އަދި 2013 ރައީސް ނަޝީދު ކާމިޔާބުކުރައްވާނީ ރާއްޖެ ތަރައްގީކޮށްދެއްވާފައިކަމަށާއި، ރައްޔިތުން ބުނިކަންތައް ޙާޞިލްކޮށް ދިނުމަށްފަހު ދެން ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވާ އެކަންކަން ނިންމުމަށް ވަޢުދުވަމުން ކަމުގާވެސް ޖާބިރު ފާހަގަ ކުރެއްވިއެވެ. މިހާރުވެސް ތިރީސް އަހަރުން ރައްޔިތުންނަށް ނުދީހުރި އެތައްކަމެއް މިވީމަދު ދުވަސްކޮޅުގެ ތެރޭގައި ކޮށްދެއްވައިފިކަމަށާއި، ވެރިކަމާ ހަވާލުވިތާ ތިން އަހަރުވެސް ނުވަނީސް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މަދަނައިގެ ދަށުން ހިލޭ ބޭސްފަރުވާ ކޮށް ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމީ 2013 ރައީސް ނަޝީދަށް ކާމިޔާބު ވެގެންދާނޭ ކަމުގެ ވަރަށް އަލިގަދަ ހެއްކެއްކަމުގައި ވެސް ޖާބިރު ވިދާޅުވިއެވެ.
މިގެ އިތުރުން ރޭގެ ޖަލްސާ ގައި ޖާބިރުވަނީ އިސްލާމިކް މިނިސްޓަރ ޑރ.ޢަބްދުލަ މަޖީދު ޢަބްދުލް ބާރީ އަށް ވެސް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައި ވާހަކަދައްކަވާފައެވެ.