އިޢުލާން

MDP/2011-034

ޏ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އާއި ބެހޭ

ޏ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 19 ނޮވެމްބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވާފައިވާތީ، މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރުމަށް ހުށަހަޅާފައިވާ 3 ކެންޑިޑޭޓުންގެ މެދުގައި 09 އޮކްޓޯބަރ 2011 ވީ އާދީއްތަ ދުވަހު 13.00 ން ފެށިގެން 18.00 އަށް ޏ.އަތޮޅު ފުވައްމުލަކާއި، މާލެ ސިޓީ ގައި ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ތިރީގައި މިދަންނަވާ ލަނީއެވެ.

1. ޝައްފާފް ނަސީރު ހަޒާރުމާގެ ޏ. ފުވައްމުލައް (މާދަޑު) 121 ވޯޓު
2. މުޙައްމަދު ޢަބްދުﷲ ދީދީ ސެންޓްގެ ޏ.ފުވައްމުލައް 97 ވޯޓު
3. މުޙައްމަދު ނިޒާމް ޙަސަން މުސްކުޅިގެ ޏ.ފުވައްމުލައް 16 ވޯޓު

ވީމާ މި ނަތީޖާ ގައިވާ ގޮތުގެ މަތިން ޏ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށް، 19 ނޮވެމްބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަން ގައި މި ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ޏ.ފުވައްމުލަކު މާދަޑު، ހަޒާރުމާގޭ ޝައްފާފް ނަސީރު ކަމުގައި އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

11 އޮކްޓޯބަރ 2011

އެމްޑީޕީ ސެކްރެޓޭރިއަޓް