ބައެއް މެންބަރުން ޕާޓީ ބަދަލުކުރެއްވުމާ ގުޅިގެން މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް އިޢުލާން ކޮށްފި

އިބްރާހީމް ރާމިޒް

majlis-raees-400-x-268

ޑީއާރުޕީގެ އިތުރު 2 މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގެންނެވުމާއި އަދި ޕީއޭގެ ވެސް އިތުރު 2 މެންބަރަކު ޕާޓީން ވަކިވެވަޑައިގެންނެވުމާ ގުޅިގެން މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް މަޖިލީހުގެ ރިޔާސަތުން އިއްޔެ އިޢުލާންކޮށްފިއެވެ.

މިގޮތުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ޢަދަދަކީ 34 ކަމަށާއި، ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ޢަަދަދަކީ 15 ކަމަށް އިއްޔެ މަޖިލީހުގެ ރިޔާސަތުން ވަނީ އިޢުލާންކުރައްވާފައެވެ.
މަޖިލީހުގެ ގޮނޑިތައް ބެހިފައިވާ ގޮތް އިއްޔެ އިޢުލާންކުރެއްވި ގޮތަށް ބަލާއިރު، ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ޢަދަދަކީ 2 އެވެ. އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ ވެސް 2 އެވެ. އަދި ދިވެހި ޤައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވަނީ އެއްމެންބަރެކެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުންގެ ޢަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ.