ބާލީ ޑިމޮކްރަސީ ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްވުން އެދިވަޑައިގެން އިންޑޮނީޝިޔާގެ ރައީސް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުވައިފި

barly

ބާލީ ޑިމޮކްރަސީ ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްވުން އެދިވަޑައިގެން އިންޑޮނީޝިޔާގެ ރައީސް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ދަޢުވަތު އަރުވައިފިއެވެ.

މިއަހަރުގެ ޑިސެމްބަރ 8 އިން 9 އަށް އިންޑޮނީޝިޔާގެ ބާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާލީ ޑިމޮކްރަސީ ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އިންޑޮނީޝިޔާގެ ރައީސް ސުސިލޯ ބަމްބަންގ ޔުދުޔޯނޯ ފޮނުއްވި ދަޢުވަތުގެ ސިޓީފުޅު، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ (ނ.ޢ.ޢ.ވ) އަށް އެރުވީ، އިންޑޮނީޝިޔާގެ ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި ވަޑައިގެންނެވި ޢަބްދުއްރަޙްމާން މުޙަންމަދު ފާކިރު، އިބްރާހީމް ޙުސައިން ޒަކީގެ އަރިހަށް އިއްޔެ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.