އިޢުލާން:

MDP/2011-033

ބ. ތުޅާދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރު ކަމަށް، މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއާއި، ފ.ބިލެއްދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އާއި ބެހޭ

ބ. ތުޅާދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމަށް، މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއާއި، ފ.ބިލެއްދޫ ދާއިރާއިން ފ. އަތޮޅު ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 19 ނޮވެމްބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސަވާފައެވެ.
މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ބ. ތުޅާދޫ ކައުންސިލް މެންބަރުކަމަށާއި، ފ.ބިލެއްދޫ ދާއިރާއިން އަތޮޅު ކައުންސިލް މެންބަރަކަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ފަރާތްތަކަށް މިއަދު (10 އޮކްޓޯބަރ 2011 ވީ ހޯމަ ދުވަހުގެ) ހަވީރު 4.00 ގެ ނިޔަލަށް ހުޅުވާލާފައިވާ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހަމަވެފައިވާއިރު މިއިން ކޮންމެ ކައުންސިލަކަށް ވެސް ކުރިމަތިލައްވާފައިވަނީ އެންމެ ފަރާތަކުންނެވެ.
އެ ގޮތުން ބ. ތުޅާދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމަށް، މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި ވާދަކުރެއްވުމަށް އެމްޑީޕީ ޓިކެޓަށް އެދި، ކުރިމަތިލައްވާފައިވަނީ ބ. ތުޅާދޫ ހަވޭލި، އިބްރާހީމް ނާޝިދުއެވެ. އަދި ފ. ބިލެއްދޫ ދާއިރާއިން ފ.އަތޮޅު ކައުންސިލް މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް އެދި، އެކަމަށް ކުރިމަތިލައްވާފައިވަނީ ފ. ފީއަލީ އަތިރީގޭ، އިބްރާހީމް ނަޢީމް އެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.
10 އޮކްޓޯބަރ 2011

– ސެކްރެޓޭރިއަޓް –