ކޮންމެ މަހަކުވެސް މަދަނަ ޕްލަސްގައި ބައިވެރިވެވޭގޮތަށް ހަމަޖައްސައިފި

15 ޖޫން 2010

މަދަނައިގެ ޚިދުމަތަކީ ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެއްދެވުމުގެ މަޤުސަދުގައި، ކޮންމެ މަހަކުވެސް މަދަނަޕްލަސް ގައި ބައިވެރިވެވޭގޮތަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ހަމަޖައްސަވައިފިއެވެ.
އެންސްޕާއިން ވިދާޅުވިގޮތުގައި މިހާތަނުންފެށިގެން ކޮންމެ މަހަކުވެސް މަދަނަ ޕްލަސްގައި ބައިވެރިވެވޭނެ ކަމަށާއި، މީގެކުރީން މަދަނައިގައި ބައިވެރިވެވެނީ އަހަރަކު 4 ފަހަރުކަމަށާއި އެއީ، ޖެނުއަރީ، އޭޕްރީލް، ޖުލައި އަދި އޮކްޓޯބަރގައި ކަމުގައިވެސް ވިދާޅުވިއެވެ.
މިޚިދުމަތް ހޯއްދަވާފަރާތްތަކުން ސަމާލްވާންޖެހޭ ކަމަކީ، މިޚިދުމަތްލިބޭނީ، ޚިދުމަތްހޯދާ ދުވަހުގެ މަސްދުވަސްކުރީން ފައިސާދައްކަވާފައިވާ ފަރާތްތަކަށްކަން ހަދުމަފުޅުބެހެއްޓެވުންކަން ހާމަކުރަށްވަމުން، މިހާރު މަދަނައިގެ ޚިދުމަތް ފަންސާސްހަތަރުހާހަށްވުރެ ގިނަމީހުން ހޯދަމުންދާކަމުގައިވެސް އެންސްޕާއިން ހާމަކުރެއްވިއެވެ.