އޮޑިޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށް މާފަންނު އާދިއްލީގޭ ޢަލީ ރަޝީދު ޢުމަރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފި

14 ޖޫން 2010

7078971350bcefbc6ec2779c9b84a9bd

އޮޑިޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށްޓަކައި މާފަންނު އާދިއްލީގޭ ޢަލީ ރަޝީދު ޢުމަރުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޢަލީ ރަޝީދު ޢުމަރަކީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލިވަރޕޫލުން އެކައުންޓެންސީ ރޮނގުން ބެޗްލަރޒް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓެކެވެ.
ޢަލީ ރަޝީދު މީގެކުރިން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމާއި، އެކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި އެންޓި-ކޮރަޕްޝަން ބޯޑުގެ އެކި މަގާމުތައް އޭނާވަނީ ފުރުއްވާފައެވެ. އޭގެތެރޭގައި، އެސައިންޓްމަންޓް އޮފިސަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ.