އެމްޑީޕީ ހިންގުން ހަރުދަނާކުރުމަށް މުހިއްމު މަސައްކަތެއް ކުރެވުނުކަމުގެ ހިތްހަމަޖެހުން ލިބިގެން ހިނގައްޖެ – ނިޔާ

އިބްރާހީމް ރާމިޒް

niya

އޮކްޓޯބަރ 6 އިން 7 ށް ޅ. ފެލިވަރުގައި ބޭއްވުނު މިނީ ކޮންގްރެސްގެ ނަތީޖާ ޙާސިލްވި މިންވަރާމެދު ހިތްހަމަޖެހޭ ކަމަށާއި، އަދި ވަކިން ޚާއްސަކޮށް އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމަށް މުހިއްމު މަސައްކަތެއްކުރެވިއްޖެ ކަމުގެ އިޙްސާސްކުރެވޭ ކަމަށް އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒް (ނިޔާ) ވިދާޅުވެއްޖެއެވެ.

އެމް.ޑީ.ޕީ ވެބްސައިޓަށް މަޢުލޫމާތުދެމުން ނިޔާ މިއަދު ވިދާޅުވީ މި މަސައްކަތުގެ ޙަޤީޤީ ނަތީޖާ ފެންނާނީ 2013 ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައިކަމަށާއި، އެ އިންތިޚާބްގައި އުތުރު ޕްރވިންސުން އެމްޑީޕީއަށް މެޖޯރިޓީ ލިބުމަށް ކުރާ އުއްމީދު އާވެ އެކަމަށް މަސައްކަތްކުރުމުގެ ހިތްވަރު އެތައްގުނައަކަށް އިތުރު ވެއްޖެކަމަށެވެ.

މި ބައްދުލުވުން ކާމިޔާބުވުމުގެ ފަހަތުގައި އެތައްކަމެއް ހިމެނޭ ކަމަށާއި، އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވި މަންދޫބުން ދެއްވި ބިނާކުރަނިވި ޚިޔާލުތައް ބަލައިގަންނަ ކަމަށާއި، މި ބައްދަލުވުމުގައި އެފަރާތްތަކުގެ ބައިވެރިވުމުން ރަމްޒުކޮށްދެނީއެމްޑީޕީ ހިންގުން ހަރުދަނާކުރުމަށް އެބޭފުޅުން ތައްޔާރަށް ތިބި މިންވަރުކަމަށްވެސް ނިޔާ ހަމަކުރެއްވިއެވެ. މިގޮތުން މިބައްދުލުވުމުގައި ބައިވެރިވި ދާއިރާތަކުގެ ރައީސުންނާއި، ރައްޔިތުން މަޖްލިސްގެ މެމްބަރުންނާއި، އަތޮޅު ކައުންސިލަރުންނަށް ނިޔާ ޝުކުރު އަދާ ކުރެއްވިއެވެ. އަދި މި ބައްދަލުވުން އިންތިޒާމްކުރުމުގައި މަސައްކަތްކުރި އެންމެހާފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށްވެސް ޝުކުރުއަދާ ކުރާކަމަށް ނިޔާ ވިދާޅުވިއެވެ. މި ބައްދަލުވުން އިންތިޒާމްކުރުމުގައި އެމްޑީޕީގެ މައި އޮފީހުން ދިން އެއްބާރުލުންވެސް ފާހަގަކުރާކަމަށާއި އަދި ޚާއްސަކޮށް މި ހާރަކާތުގެ ޚަބަރުތައް ތަޒާކަމާއެކު ގެނެސްދިނީ ތީ އެމް.ޑީ.ޕީ ވެބްސައިޓް ހިންގުމުގައި ޙަރަކާތްތެރިވާ އެންމެހާ މުޥައްޒިފުންނަށް ވެސް ނިޔާ ޝުކުރުއަދާކުރިއެވެ.