މެންބަރުންގެ ޚިޔާލު: ރައްޔިތުންދެކެ ލޯބިވާ މަހުޖަނުންވެސް ރާއްޖޭގައި މަދެއްނޫނެވެ.

ފަހަލަ

gst

މިއަދު އަޅުގަނޑު އެއްގަމުތެރޭގެ ބައެއް ވިޔަފާރި ގެތަކަށް ވަދެލީމެވެ. އޭގަތެރެއިން ބައެއް ފިހާރަތަކުގައި ޖީއެސްޓީ ނުނަގާކަމަށް ލިޔެފައި އެބަހުއްޓެވެ. މިގޮތަށް ޢަމަލުކުރާ ޖީއެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާ ފިހާރައެއްގެ ސޭޓާ އަޅުގަނޑު ސުވާލު ކޮށްލީމެވެ. ސޭޓު ބުނީ ރައްޔިތުމީހާ ގަންނަ މުދަލާތަކެތިން ޖީއެސްޓީ ނުނަގަނީ ރައްޔިތުން ޚާއްޞަކޮށް ފިހާރައިގެ ކަސްޓަމަރުންނަކީ ސޭޓު ވަރަށް ލޯބިވާ ބައެއްކަމަށާ ޖީއެސްޓީގެ ގޮތުގައި ނަގާބައި ސޭޓުގެ ޖީބުން ދޭގޮތަށް ބޮޑުސޭޓު ހަމަޖައްސާފައި ވާތީކަމުގައެވެ.ބައެއްމަހުޖަނުން އޮޅުވާލައިގެންނާ އެނޫންގޮތް ގޮތުން ޖީއެސްޓީ ނަގަމުން ދާއިރު ބައެއްސޭޓުން ޖީއެސްޓީ ނުނަގަނީ ވިޔަފާރިކުރަން އަންނަ ކަސްޓަމަރުން އިތުރު ކުރުމަށް ކަމަށް ބެލެވެއެވެ.
ކޮންމެމީހަކުވެސް ބޭނުންވާނީ އަގުހެޔޮކޮށް ތަކެތިގަތުމަށް ކަމަށާ އެނަގާ ކުޑަކުޑަ މިންވަރަކީ ނުނެގިޔަސް ގެއްލުން ވާވަރުގެ މިންވަރެއް ނޫންކަމަށް ބުނާ ވިޔަފާރި ވެރިންވެސް މަދެއްނޫނެވެ. ބޭނުންވަނީ ކަސްޓަމަރުން އިތުރުވުން ކަމަށާ ކަސްޓަމަރުން ގިނަވުމުން ގެއްލުން ނުދައްކާނޭކަމަށް ވެސް ބައެއްވިޔަފާރި ގެތަކުންބުނެއެވެ.
ޖީ އެސްޓީ އަކީ ރައްޔިތުންގެ ޒަރޫރީ ކަންކަން ކުރުމަށް ރައްކާ ކުރެވޭ ފައިސާއެވެ. އެއްޒަމާނެއްގައި ގުދުސް ފަންޑޭ ކިޔާފަންޑެއްގައި ހުރިފައިސާ އޭރުގެ ސަރުކާރުގެ ބޮޑުން ކާލާފައި ވީނަމަވެސް މިސަރުކާރު ހިންގަނީ އެނިޒާމަށް ނޫންކަމުން މި ނިޒާމުގައި ބޭނުން ކުރަނީ ވައްކަންކުރަން ވަރަށް އުދަގޫ ސޮފްޓްވެއަރ އެއްކަމުން ވައްކަން ކޮށްފިނަމަ ރައްޔިތުންނަށް ނޭނގި ނުހުންނާނެއެވެ. މިއީ އެދުވަހެއް ނޫނެވެ. ހުރިހާ މޮޅެއް އެއްބަޔަކަށް އޮތް ޒަމާން މާޒީވެ ދިޔަކަން އަދިވެސް ނޭނގޭ ބަޔަކު ތިބީ ތާއެވެ. ކުރިން ވެރިކަން ކުރިމީހުން ރައްޔިތުންގެ މުދަލާ ތަކެތި ވަގަށާ ދޮގަށާ ބޭނުން ކޮށްފައި ހުރީތީ އެބަދުނާމު އެކަންނުކުރާ މީހުންގެ ބޮލުގައި އަޅުވަން އުޅޭނެކަމެއް ނެތެވެ. ސަރުކާރުން ކުރާ ޚަރަދާ ލިބޭފައިސާގެ ތަފްޞީލީ ހިސާބު ކިތާބު އެންމެ ބަޓަނަކަށް އޮބާލައިގެން ފެންނަން ހުރިއިރު ކިތަންމެ ރުޅިއަޔަސް ރައީސްގެ ބޮލަކު ވަގުބަދުނާމެއް ނެއެޅުވޭނެއެވެ. ޖީއެސްޓީ އަކީ ރައްޔިތުން ބޭނުންވާ ޚިދުމަތް ފެންވަރުގައި ހޯދުމަށް ރައްޔިތުންގެ ޚަޒާނާއަށް ރައްޔިތުން ޖަމާކުރާ ރައްޔިތުންގެ ފައިސާ އެވެ. އެފައިސާއަށް ޚިޔާނާތް ތެރި ވެއްޖެނަމަ އެފަރާތަކާމެދު
ގާނޫނީ ފިޔަވަޅު އެޅޭނެއެވެ.
ކުރީސަރުކާރުގެ ވެރިންވެސް ޖީއެސްޓީ އަކީ ނަގަންޖެހޭ އެއްޗެއްކަމަށް ބުނެފައިވެއެވެ އެހެނަސް ނަގަން ނުކެރި ތިބީ މަހުޖަނުން ވެރިކަން ޚިޞާރުކޮށްފައިވާތީ ކަމަށް ގިނަބަޔަކު ދެކެއެވެ. މިސަރުކާރު އައި އިރު މިރާއްޖޭގެ ބޭންކްތައް ހުރީ ބަންދުކުރާ ހިސާބުގައެވެ. ސަބަބަކީ ވެރިކަން ހޯދުމަށްޓަކާ ބޭންކްތަކުގައާ ސަރުކާރުގެ ކުންފުނިތަކުގައި ހުރިއްޔާ ހުރި ހުރިހާ ފައިސާއެއްހެން އަތަށް ކަހާލާފައިވުމެވެ. އެފައިސާ އެފަރާތްތަކުން މިހާރު ލިބުނަސް މާލެއާ ދިމާ މަތީގައި އިތުރުމާލެއެއް އަޅާލެވޭނޭކަން ކަށަވަރެވެ. މުޒާހަރާ ކުރާހިތްވާނަމަ ރައްޔިތުންގެ ދަރަނި އަދާކުރައްވާށެވެ. ދަރަނިން ބޯނުހިކި ތިބި އެއްވެސް ދަރަނިބޮލެއް ރައްޔިތުންގެ ކުރިމައްޗަށް ވެރިކަން ބޭނުންވެގެން ވޯޓުހޯދަން ނުދިއުމަށް ގޮވާލަމެވެ.