އެމްޑީޕީ ހަރުގެ ޖަލްސާ މާދަމާރޭ ނޯންނާނެ

13 ޖޫން 2010

އެމްޑީޕީން ކޮންމެ ހޯމަ ދުވަހެއްގެރޭ އެޕާޓީގެ ހަރުގޭގައި ބާއްވަމުން އަންނަ އާންމު ޖަލްސާތައް ވޯލްޑް ކަޕަށް މެދު ކަނޑާލާފައިވާ ކަމަށް އެޕާޓީން މަޢުލޫމާތު ދީފިއެވެ.
މި ޖަލްސާތައް އާންމުކޮށް ކޮންމެ ހޯމަ ދުވަހެއްގެރޭ ނުބޭއްވި ނަމަވެސް ބައެއް ޚާއްޞަ ޙާލަތްތަކުގައި ހަރުގެ ޖަލްސާ އޮންނާނެ ކަމަށް އެޕާޓީން ބުނެއެވެ. ޕާޓީގެ ޚާއްސަ ހަރަކާތެއް ހަރުގޭގައި އޮންނާނީ މި ޖޫން މަހުގެ 26 ވާ ހޮނިހިރު ދުވަހުގެރޭ ގައެވެ. އެއީ އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަހެވެ.