އެމްޑީޕީ އުތުރު ޕްރޮވިންސް ކޮންގްރެސް: ޕްރޮވިންސް ހިންގާ ގަވައިދު އެކުލަވާލުމަށް 5 މެންބަރުންގެ ކޮމިޓީއެއް އައްޔަންކޮށްފި

ޅ.ފެލިވަރުން އިބްރާހީމް ރާމިޒް

dsc_19831

އެމްޑީޕީ އުތުރު ޕްރޮވިންސް ހިންގާ ގަވައިދު އެކުލަވާލުމަށް 5 މެންބަރުންގެ ކޮމިޓީއެއް އައްޔަންކޮށްފިއެވެ.
އުތުރު ޕްރޮވިންސް މިނީ ކޮންގްރެސްގެ ނަމުގައި އެމްޑީޕީގެ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓުން އިންތިޒާމްކޮށްގެން މިހާރު ކުރިޔަށް ގެންދާ ކޮންގްރެސްގެ މިއަދު ހެނދުނުގެ ދަންފަޅިގައި އެ ޕްރޮވިންސްގެ އެމްޑީޕީ ދާއިރާ ހިންގުމުގެ ގަވައިދުތައް އެ ދާއިރާތަކުން ފާސްކޮށް 30 ނޮވެމްބަރ 2011 ގެ ނިޔަލަށް އެމްޑީޕީ އުތުރު ޕްރޮވިންސްގެ ސެކްރެޓޭރިއަޓަށް ހުށަހެޅުމަށާއި، އެމްޑީޕީގެ އުތުރު ޕްރޮވިންސަށް ނިސްބަތްވާ ގޮފިތަކުގެ ގަވައިދުތައް އެ ގޮފިތަކުން ފާސްކުރުމަށްފަހު ޑިސެމްބަރު މަހުގެ ނިޔަލަށް އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓަށް ހުށަހެޅުމަށް ވެސް މި ކޮންގްރެސްގެ މިއަދު ހެނދުނުގެ ދަންފަޅީގައި ވަނީ ފާސްކޮށްފައެވެ.

އުތުރު ޕްރޮވިންސް ހިންގާ ގަވައިދު އެކުލަވާލުމަށް މިއަދު އައްޔަންކުރި ކޮމިޓީގައި ހިމެނެނީ މުޙައްމަދު މާހިރު އީސާ އާއި، ޢަބްދުލްބާރީ ޢަބްދުﷲ އާއި، މޫސާ މަނިކާއި، މުހައްމަދު ވާހިދުގެ އިތުރުން މުޙައްމަދު ނާޒިމް އެވެ.

މިރަށު އެކުވެނީގައި ކުރިޔަށްދާ މި ކޮންގްރެސް ގައި މިހާރު މަޝްވަރާކުރަމުންދަނީ އެމްޑީޕީ ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުންނެވެ.