MDP/2011-032
ބ. ތުޅާދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރު ކަމަށް، މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއާއި، ފ.ބިލެއްދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން
ބ. ތުޅާދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމަށް، މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއާއި، ފ.ބިލެއްދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 19 ނޮވެމްބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސަވާފައެވެ.
ވީމާ އެމްޑީޕީގެ ޓިކެޓްގައި ބ. ތުޅާދޫ ކައުންސިލް މެންބަރުކަމަށާއި، ފ.ބިލެއްދޫ ކައުންސިލް މެންބަރަކަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 10 އޮކްޓޯބަރ 2011 ވާ ހޯމަދުވަހުގެ ހަވީރު 4:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރު، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ މައި ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިފޯމު، އެމްޑީޕީ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ.
ބ. ތުޅާދޫ ކައުންސިލް މެންބަރުކަމަށާއި، ފ. ބިލެއްދޫ ކައުންސިލް މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް، ޝަރުތުހަމަވާ އެއް ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، އެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓް ކަނޑައަޅާނީ މި ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 13 އޮކްޓޯބަރ 2011 ވާ ބުރާސްފަތިދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.
6 އޮކްޓޯބަރ 2011
– ސެކްރެޓޭރިއަޓް –