އިޢުލާން

MDP/2011-031

ޏ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ އާއި ބެހޭ

ޏ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 19 ނޮވެމްބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވާފައިވާތީ، މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރުމަށް ހުށަހަޅާފައިވާ 3 ކެންޑިޑޭޓުންގެ މެދުގައި ބާއްވާ އެމްޑީޕީ ޕްރައިމަރީ 08 އޮކްޓޯބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި ޕްރައިމަރީ ކުރިޔަށްދާނީ އެމްޑީޕީ ފުވައްމުލަކު މެދު ދާއިރާގެ ބެލުމުގެ ދަށުން ކަމުގައި ވެސް ދަންނަވަމެވެ.
މި ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ 3 ބޭފުޅުންގެ މަޢުލޫމާތު ތިރީގައި މިވަނީ އެވެ.
1. ޝައްފާފް ނަސީރު ހަޒާރުމާގެ ޏ. ފުވައްމުލައް (މާދަޑު)
2. މުޙައްމަދު ޢަބްދުﷲ ދީދީ ސެންޓްގެ ޏ.ފުވައްމުލައް
3. މުޙައްމަދު ނިޒާމް ޙަސަން މުސްކުޅިގެ ޏ.ފުވައްމުލައް
ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

5 އޮކްޓޯބަރ 2011

މުޙައްމަދު އިމްތިޔާޒް

ޗެއަރޕާސަން ނައިބު (އިދާރީ)
އެމްޑީޕީ ސެކްރެޓޭރިއަޓް