ތޮއްޑޫގެ ގިނަ ޢަދަދެއްގެ ބަޔަކު އަނެއްކާ ވެސް އެމްޑީޕީއާ ގުޅެނީ

އިބްރާހީމް ރާމިޒް

thoddoo-dhaaira-mekuhahތޮއްޑޫ ދާއިރާ މެކުހަށް ސިލްސިލާގެ ފުރަތަމަ ޖަލްސާގެ ތެރެއިން .. އެމްޑީޕީ ފައިލް ފޮޓޯ

އއ.ތޮއްޑޫގެ ގިނަ އަދަދެއްގެ ބަޔަކު އަނެއްކާ ވެސް އެމްޑީޕީއަށް ސޮއިކުރާ ގޮތަށް ހަމަޖެހި އެކަމަށް ޚާއްސަކޮށްގެން ބާއްވާ ޖަލްސާ އެއް މިއަންނަ ހޮނިހިރު ދުވަހުގެރޭ އެރަށުގައި އޮންނާނޭ ކަމަށް އެމްޑީޕީ ތޮއްޑޫ ދާއިރާއިން ހާމަކޮށްފިއެވެ.

އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް ޙަސަން ޝިޔާން މިއަދު ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ތޮއްޑޫ އެމްޑީޕީ (ޑައިވިންގ) ހަރުގޭގައި “ތޮއްޑޫ ދާއިރާ މެކުހަށް” ސިލްސިލާގެ ދަށުން ބާއްވާ ޖަލްސާ ގައި، ލޯކަލް ކައުންސިލް އިންތިޚާބުގައި އއ. އަތޮޅުގެ މެންބަރުކަމަށް ތޮއްޑޫ ދާއިރާއިން ޑީއާރުޕީގެ ޓިކެޓްގައި ކުރިމަތިލެއްވި ކެންޑިޑޭޓް، މުޙައްމަދު ރަޝީދު އާއި، އެ ޢާއިލާގެ މެންބަރުންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު އެމްޑިޕީއާ ގުޅޭނޭ ކަމަށް އެމްޑީޕީ ތޮއްޑޫ ދާއިރާއިން ބުންޏެވެ.

9 ޖޫން 2011 ގައި ތޮއްޑޫ ގައި ބޭއްވި ” ތޮއްޑޫ ދާއިރާ މެކުހަށް” ސިލްސިލާގެ ފުރަތަމަ ޖަލްސާ ގައި ވެސް އެދާއިރާއިން 300 އަށްވުރެ ގިނަ މީހުން އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ.