ރައީސް ނަޝީދުގެ ވަޢުދުތައް ފުދިގެން ދިއުމަކީ ވެރިކަން ބޭނުންވާ ފަރާތްތަކަށް ހުރި ބިރެއް

ފަހަލަ

ރައީސް ނަޝީދު 30 އަހަރު މިރާއްޖޭގެ ވެރިކަން ކުރެއްވިނަމަ، 20 އަހަރު ދުވަހުން 20 އަތޮޅު ތަރައްގީ ކޮށް ބާކީ 10އަހަރު ރައްޔިތުން ތިބީހީ އަނެއް ދިވެހިރާއްޖޭގައެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ތެރެއިން މިކަމުގެ ހެކި ދިވެހި ރައްޔިތުންނަށް މިހާރުވެސް އެހެރީ ފެންނާށެވެ. ކަންހުރީ މިހެންކަމުގައި ވިއަސް ވެރިކަން ބޭނުންވާ މީހުންގެ މަގުޞަދަކަށް ވަނީ ރައްޔިތުން ވާވައްދައިގެން ސަރާސަރު މަގު ރައްޔިތުންނަށް ގެއްލުވާލުމެވެ.
މިއަދުގެ ސަރުކާރު ހިންގާ ސޮފްޓް ވެއަރ އަކީ ވައްކަން ނުކުރެވޭ ގޮތަށް ދެފުށް ފެންނަގޮތަށް ފަރުމާކުރެވިފައިވާ ވަރަށް ހާމަކަން ބޮޑު ޢިލްމީ ސޮފްޓްވެއަރ އެކެވެ. މިސަރުކާރުގެ ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ކުރީސަރުކާރުން ވައަދާފައިތިބި ބައެއްވަގުން މިހާރުވެސް ކޮންމެވެސް މިންވަރަކަށް ވައްކަން އެބަކުރެއެވެ.ނަމަވެސް މިކަންކަމަކީ މިއަދުގެ ސޮފްޓްވެއަރ އަށް އޮޅޭނެ ކަންކަމެއްނޫނެވެ.ކުރީސަރުކާރުގެ ވަގުން ސަރުކާރު ހިންގުމުގެ ބާރުގެ ތެރޭގައި ޙަރަކާތްތެރިވަމުން ދާ އެންމެހައި ގޮތްތަށް މިސޮފްޓްވެއަރ ގެ ޒަރީޢާ އިން ފަޅާއަރާނެއެވެ. ބޮޑުވައްކަމެއް ކުރާމީހަކަށް ބޮޑުކުންފުންޏެއްގެ ޗެއަރ މިސަރުކާރުން ޙަވާލެއް ނުކުރާނެއެވެ.ޚިޔާނާތްތެރިވާ މެޖިސްޓްރޭޓުންނަށް އިސްމެޖިސްޓްރޭޓް ކަން ތިންވަނަ ބާރުން ޙަވާލުކުރެއްވި ނަމަވެސް ކުޑަކުއްޖަކާ މެދު ބަދު އަޚްލާގީ އަމަލު ހިންގައިގެން ރައްޔިތުން ރަށުން ބޭރު ކުރާ ހެޑްމާސްޓަރަށް އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ ކަމުގެ މަގާމު މިސަރުކާރުން ޙަވާލެއްނުކުރާނެއެވެ.

މިސަރުކާރުން ވެފައިވާ ވަޢުދުތައް ފުދި ރައްޔިތުން ދެންއެންމެ ބޭނުންވާ ކަންކަން ބަލައިގެން އެކަންކަމުގެ ވަޢުތަކާ އެކު ރައީސް ނަޝީދު ދެވަނަ ދައުރަކަށް ނުކުމެވަޑައި ގަތުމުން ރައްޔިތުން ނޫނެކޭ ބުނާނެ ފުރުޞަތެއް ނުއޮންނާނެއެވެ. އެހެނަސް ތިރީސް އަހަރުވަންދެން ރައްޔިތުންނަށް ދޮގުހެދިމީހުން ރައްޔިތުންގެ ގާތުގައި ބުނާނީ ކީކޭބާއެވެ. ވިސްނާންޖެހޭނެއެވެ. މިފަހަރަކީ މައުމޫނާ އޭނާއަށް ވަފާތެރިން 3 ބަލިވާ ފަހަރެވެ. މިކަން އެވެރިންގެ ވިސްނުމަކަށް ނައަންނާނެއެވެ.އެވެރިންތިބީ ވެރިކަމާ ހެދި ހޭހުސްވެފައެވެ، މަދުމީހަކުނޫނީ ވެރިކަން ކޮށްފައި ދުރުގައި މަޑުން ހުރެފައެއްނެތެވެ. މިވެރިންނަށްވެސް އެހެންވާނެތާއެވެ. ކޮންމެއަކަސް މިވެރިކަން ނިމޭއިރު ރައްޔިތުން އެދިފައިހުރިކަންކަން ނިންމާ ރައްޔިތުންނާ ޙަވާލު ކުރެވޭނެއެވެ. ސިޔާސީ ޢަދާވާތްތެރިން މިނިވަންކަމާއެކު ތެޅޭނެވަރަކަށް ތެޅެން ދޫކޮށްލައިގެން ވެރިކަން ކުރުމުގެ ގާބިލްކަން ރައީސް ނަޝީދުގެ ހުރީތީ އެމަގުން ވަޑައިގެން ދެދައުރު ނިންމަވާފައި މިގައުމުގެ ޢިއްޒަތް ތެރި ގަދަރުވެރިއެއްގެ ގޮތުގައި މިރާއްޖޭގައި ކުރުއަތްމައްޗަށް އޮންނަވާ މަންޒަރު ދިރިތިބިބަޔަކަށް ފެންނާނެއެވެ.
30 އަހަރު ނުލިބޭ މީހަކަށް 30 އަހަރުގެ ތަރައްގީ އެއް ނުދެއްކޭނެއެވެ. ދުނިޔޭގެ ރަންޒަމާނުގައި ކުރެވުނު30 އަހަރުގެ ވެރިކަން ނިމިގެންދިޔައިރު، މިރާއްޖެ އޮތްގޮތާ މާޒީވަމުން މިއަންނަ 3 އަހަރުގެ ތަފާތުން ވެސް އެދުވަހާ މިދުވަސް އަޅާ ކިޔާލެވޭނެފަދަ ކުރިއެރުން ތައް ފެންނާނެއެވެ. އެންމެ ތިންއަހަރުގެ ކުރިއެރުންތައް ގިނަކަމުން ކުރީގެ ވެރިން އެއުޅުނީ ކިހިނެއްކަން އެނގޭހާވެއެވެ.

ވެރިކަމުގެ ވަޢުދުތައް ފުއްދާފައި ރައްޔިތުންގެ ގާތަށް ދިއުމުން ފުރަގަސް ދޭނީ ކޮންރައްޔިތެއްހެޔެވެ، ސަރުކާރުގެ ވަޢުދު ފުއްދިޔަނުދޭން ހިފަން އެޖެހެނީ އެހެންވެއެވެ. މިއީއާކަމެއް ނޫނެވެ. މިއަދަކީ ކޮންމެ ވާހަކައެއް ވެސް ދެކެވޭ ޒަމާނެވެ. ސިފައިނަށް ކޮޅުވެއްޓީގައި ކާރު އުފުލަން ނުޖެހޭ ޒަމާނެވެ. ވަޑައިގަންނަވާތީ މުޅިރަށުގެ ވަށައިގެން ޑައިވަރުން ތިބެން ނުޖެހޭ ޒަމާނެވެ. މިޒަމާން ރައްޔިތުންނަށް ހޯއްދަވައިދެއްވި ރައީސް މީހާގެ ޒަމާނެވެ. މީރައްޔިތުންގެ ރާއްޖެއެވެ.

ޖީއެސްޓީ ނެގުމާ ވެސް ޕީޕީ ވަރަށް ދެކޮޅުވާނެއެވެ. ރައްޔިތުންނަށް މަންފާ ލިބޭ ކޮންމެކަމަކީ އެބެއާ އެބެއަށް ވަފާތެރިން ލަގޮނޑި ފެޅިގެންދާ ކަންކަމެވެ. 2013 އެމްޑީޕީ ކާމިޔާބު ކުރާނީ ފަސޭހަކަމާ އެކު ސިޔާސީވާދަވެރިން ބޭނުންގޮތަކަށް އުޅެން ބައިތިއްބައިގެންނެވެ. ބަޑިދީފައިތިބި އަސްވާރުން ބަލިކޮށް ބޮނދު ބުޑަށް ސައިކިޔާފައި އެވަނީ ހަކުޅި ކުރިއަށް ކުޅެން އެނގޭ ބައެއްކަން ގަބޫލު ކުރާން ވާނެތާއެވެ.