ރައީސުލްޖުމްހޫރިއްޔާ ސާކް ސަމިޓްގެ ކަންކަން ވިލަރެސް ކުރުމަށްޓަކައި ޓާސްކްފޯހެއް އެކުލަވާލައްވައިފި

މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ އައްޑޫ ސިޓީ ގައި ބާއްވާ ސާކް ސަމިޓާ ގުޅޭގޮތުން އެ ސަމިޓްގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ސަމިޓްގެ ކަންކަން ވިލަރެސް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ޚާއްސަ ޓާސްކްފޯސް އެއް އެކުލަވާލައްވައިފިއެވެ.

ސާކް ސަމިޓާ ގުޅޭ ހުރިހާ ކަމެއް އިއްޔެއިން ފެށިގެން ބަލަހައްޓާނީ، މި ޓާސްކްފޯސްގެ ބެލުމުގެ ދަށުންނެވެ. ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުންނަކީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލެވެ.

މި ޓާސްކްފޯސް ހިނގަމުންދާނީ ހުރަވީ ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައެވެ.