މަތި އުތުރު ޕްރޮވިންސްގެ ހިންގާ ގަވައިދު ފާސްކުރުން މިއަދު އޮންނާނެ

އިބްރާހީމް ރާމިޒް

bodu-tiladhunamatiއެމްޑީޕީ މަތި އުތުރު ޕްރޮވިންސުން ދާދި ފަހުން ބޭއްވި ބޮޑު ތިލަދުންމަތީ ބޮޑު މަންޒަރު ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ ..އެމްޑީޕީ ފައިލް ފޮޓޯ

އެމްޑީޕީ މަތި އުތުރު ޕްރޮވިންސްގެ ހިންގާ ގަވައިދު ފާސްކުރުން މިއަދު އޮންނާނޭ ކަމަށް އެ ޕްރޮވިންސްގެ އެމްޑީޕީ ރައީސް އާދަމް ނަސީރު (އެޑަމް) ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު 3.30 ގައި އެމްޑީޕީ އޮފީހުގައި އޮންނަ މި ބައްދަލުވުމުގައި މަތިއުތުރު ޕްރޮވިންސްގެ އެމްޑީޕީ ދާއިރާތަކުގެ ރައީސުންންނާއި، އެ ސަރަހައްދަށް ނިސްބަތްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މަތި އުތުރު ޕްރޮވިންސްގެ ހިންގާ ގަވައިދު ފާސްކުރުމަށް އެމްޑީޕީ އޮފީހުގައި މިއަދު ބައްދަލުވުމެއް ބާއްވާއިރު، އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓްގެ ހިންގާ ގަވައިދު ފާސްކުރުން މި ހަފްތާ ބަންދުގައި އޮންނަ އެ ޕްރޮވިންސްގެ މިނީ ކޮންގްރެސްގައި އޮންނާނޭ ކަމަށް އެމްޑީޕީ އުތުރު ޕްރޮވިންސުން ވަނީ ހާމަކޮށްފައެވެ.