ދެ ކައުންސިލަކުން ހުސްވެފައިވާ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޓިކެޓްގައި އއ.ހިމަންދޫ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމަށާއި، ފުވައްމުލަކު މެދު ދާއިރާއިން ޏ. އަތޮޅު ކައުންސިލް މެންބަރަކަށް ވާދަކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އެ ކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.

އއ. ހިމަންދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމަށް، މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއާއި، ޏ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 19 ނޮވެމްބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ..

،