ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫދާއިރާގެ މެންބަރ އަހުމަދު ހަމްޒާ އެދާއިރާގައިހިމެނޭ މަގޫދޫއަށް ޒިޔާރަތްކުރައްވައިފި

ފަހަލަ

ރައްޔިތުންގެ މަޖިލީހުގެ ފ.ބިލެއްދޫ ދާއިރާގެ މެންބަރ އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރ އަހުމަދުހަމްޒާ އެދާއިރާގެ ރަށްތަކަށް ކުރައްވާސިލްސިލާ ދަތުރުފުޅުގެ ތެރެއިން މަގޫދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެންފިއެވެ.

މެންބަރ ހަމަޒާ އެމަނިކުފާނު ހިމެނިވަޑައި ގަންނަވާ ދާއިޜާގެ ރަށްތަކަށް ފައްޓަވާފައިވާ މި ސިލްސިލާ ދަތުރުފުޅުތަކަކީ ރާއްޖޭގައި މިހާރު މިހިނގާ ވެރިކަމުގެ ނިޒާމް އަށް ރައްޔިތުން ހޭލުންތރިކޮށް ޓެކްސްގެ ނިޒާމަށް އަހުލުވެރިކުރުމާ ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އާލާކޮށް ޕާޓީގެ އެތެރޭގެ ޑީމޮކްރަސީ ވަރުގަދަކުރުމަށާ އަދި އެދާއިރާގެ ރައްޔިތުންގެ އިޙުސާސްތަށް ދެނެގަތުމަށް ކުރައްވާ ދަތުރުފުޅުތަކެކެވެ.
އޮނަރަބްލް ހަމްޒާގެ މިދަތުރުފުޅުގައި މަގޫދޫ ސްކޫލްގެ އަހަރީ ޖަލަސާ ޝަރަފް ވެރިކޮށްދެއްވުމުގެ އިތުރުން ޕާޓީގެ ސަޕޯޓަރުންނާ އެކްޓިވިސްޓުންނާ ބައްދަލުކުރައްވާ މިހާރު އެމަޑީޕީއިން ކުރައްވާމަސައްކަތް ތަކުގެ މައުލޫމާތު ދެއްވިއެވެ.
މިސިލްސިލާދަތުރު ތައް ކުރިއަށް އޮތްތާގައިވެސް ކުރިއަށްދާނެކަމަށް ހަމްޒާގެ ސެކްރެޓަޜީ ހާމަކުރައްވާފައިވެއެވެ.