މެންބަރުންގެ ޚިޔާލު: ޢުމުރުން ދުވަސްވީ މީހުންނަކީ ގައުމީތަރިކައެއް

ފަހަލަ

ބަދިގޭގެ އަސްކަނި ތަކަށާ ހޮޅުއަށިތަކަށް އެއްލާލެވިފައި ތިބި ޢުމުރުންދުވަސްވީ މީހުންގެ ރޫޙަށް ދިރުން ގެނެސް ދިނުމަށްޓަކާ މިއަދުގެ ރައީސް ކޮށްޓަވާދެއްވި މަގަށް ހުރަސް އެޅިގެންދިއުމަކީ އެމަނިކުފާނުގެ ހިތްޕުޅަށް ތަޞައްވުރުވެސް ނުކުރެވޭފަދަ ހިތްދަތިކަން އިޙުސާސްވެގެން ދިޔަ ކަމެއްކަން އެމަނިކުފާނު ގެ ތަގްރީރުންވެސް ފާހަގަވެގެން ހިނގައްޖެއެވެ.

ދުނިޔޭގައި ޢުމުރުން ދުވަސްވީ މީހުން ގިނަވަމުން އަންނަ މިދަނޑިވަޅުގައި ކޮންމެމީހަކީވެސް ޢުމުރުންދުވަސްވެ އަޅާލުން ބޭނުންވާނޭމީހެއްކަން ކޮންމެމީހަކުވެސް ގަބޫލު ކުރާނޭކަމަށް އުންމީދުކުރަމެވެ. ޢުމުރުންދުވަސްވީ މީހުންނާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ނުކުޅެދޭ މީހުންނާމެދު މުޖުތަމަޢުން ނާއިންޞާފް ވަމުން ގޮސްފައިވަނީ ﷲގެ ކޯފާ ޙައްގުވޭދާނެ މިންވަރަކަށޭ ނުބުނާ ވަރެއްވެސް ނޫނެވެ. ކުޑަކުދިންނާ މުސްކުޅިންނަށް ލޯބިކުރުމަށް ﷲގެ ރަސޫލާ އަންގަވާފައިވާފައި ވެއެވެ. ނަމަވެސް ރައްޔިތުންގެ މެދުގައި މިފަދަ ކަންކަމަށް ހޭލުންތެރި ކޮށްފައި ނެތުމުގެސަބަބުން ރާއްޖޭގެ މުސްކުޅީންނާ މެދު މިރާއްޖޭގައި އޮތީ ކޮށީގައި ކުކުޅު ގެންގުޅޭ އުޞޫލެވެ. ކޮންމެ މުސްކުޅިއަކީވެސް މީހެއްގެ ދަރިއެކެވެ. ކޮންމެ ޒުވާނަކުވެސް މުސްކުޅިވާނެއެވެ. އެދުވަހު އަޅާލުން ބޭނުމީވިއްޔާ މިއަދު ގެރައީސުލް ޖުމްހޫރރިއްޔާ މުސްކުޅިންގެ ކުރިމަގަށްޓަކާ ކޮށްޓަވައިދެއްވި އޯގާވެރި ސާފުމަގަށް ހުރަސްނާޅުއްވާށެވެ.
މިސަރުކާރުން މިރާއްޖެއަށް އާނިޒާމެއްގެ ދަށުން މިގެނައި އާވެރިކަން ބިނާވެގެންވަނީ އޯގާވެރި ހިތްތިރި ދުޅަހެޔޮ ފުދުންތެރި ކަމުގެ މައްޗަށެވެ. މިރާއްޖޭގެ ވެރިކަން ބަދަލުކުރީ ރައްޔިތުންނެވެ.ރައްޔިތުން އެވެރިކަން ބަދަލުކުރީ ކެނެރީގޭ މުޙައްމަދު ނަޝީދަށްޓަކައެއްނޫނެވެ. ތިމާއަށާ ތިމާގެ ދަރިންނާ ދަރިންގެ ދަރީންނަށްޓަކައެވެ.އަމިއްލަސަލާމަތާ އަމިއްލަ މިނިވަންކަމަށްޓަކައެވެ. މިވެރިކަން ރައްޔިތުން ބަދަލު ކުރިމަގުޞަދު ޙާޞިލް ވަމުންދާކަން މިރާއްޖޭގެ އޭރާ މިހާރު އަލާކިޔާލަން އެނގޭ ކޮންމެ ފަރުދަކުމެ ގަބޫލު ކުރާނެއެވެ.
ރާއްޖެއަށް އެމްޑީޕީ އިން ގެނައި މިނިޒާމުގެ ތެރެއިން ޢުމުރުންދުވަސްވީ މީހުންނާ މުސްކުޅީންނާ އެކަނިވެރިމައިންނާ ދައުލަތުގެ ޚާއްޞައެހީއަށް ބޭނުންވާ މީހުނާ ނުކުޅެދޭ މީހުންނާ މުޅިގައުމަށް ލިބެމެމުންދާ އެހީތެރިކަމާ ތަނަވަސްކަމުގެ އަގު ވަޒަން ކުރުމަކީ އަދި ސަރުކާރުން އެފަދަމީހުންނަށްޓަކާ ވަމުންދާ ގުރުބާނީ ބަލައިގަތުމަކީ ތިމާގެ މުސްތަގްބަލަށްޓަކާ ތިމާއަށް ދެވޭ އަގުހުރި ފިލާވަޅަކަށް ވާނެއެވެ. މައިބަފައިންނަކީ ތިމާ އުފަންކޮށް ތިމާ ބަލާ ބޮޑުކުރި އަދި އެކަމުގެ އަގު ދުވަހަކުވެސް އަދާކޮށް ނުނިމޭ ދެފަރާތްކަން ކޮންމެ އިނަސާނަކުމެ ގަބޫލު ކޮށްގެންމެނުވީ މައިންބަފައިންނަށް ދޭންޖެހޭ ޚިދުމަތްތަށް ލޯތްބާ ކުލުނަޔާ އިޙުސާންތެރިކަމާއެކު ނުދެވޭނެއެވެ. މިއަދު އަޅުގަނޑަކީ މުސްކުޅިއަކަށް ނުވިޔަސް މާދަމާ އަޅުގަނޑަކީ އަޅާލުންބޭނުންވާނޭ މުސްކުޅިއެއްކަން ޔަގީނެވެ. އެހެންކަމާއެކު މިއަދު މިގައުމުގައި މުސްކުޅިންނަށާ އަޅާލުންބޭނުންވާ މީހުންނަށް ސަރުކާރުން އެދެއްވާ ސަމާލުކަމާ އަޅާލުން ބަލައިގަންނަން އެބަޖެހެއެވެ. ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލުމަކީ ސަރުކާރުގެ ވާޖިބެއްކަމަށް ގަބޫލު ކުރި ފުރަތަމަސަރުކާރަކީ އެމްޑީޕީ އިން ގެނެސްދިންސަރުކާރުކަމަށް ވާއިރު އަދި މުސްކުޅީނަނަށްޓަކާ މިސަރުކާރުން ގާއިމްކޮށްފައިވާ އޯގާވެރިކަމުގެ ދާ މުޅިރައްޔިތުންގެ މަތީގައި އެވަނީ ދެމެންފަށާފައެވެ. ބޭސްސިޓީއަށް ސަލާންޖެހުން ނިމި ފަގީރުންނަށް މުއްސަނދިންގެ އަތުން ލިބެންވާ ޙައްގުތަށް ހޯދައިދިނުމުގެ އޯގާވެރި ޚިދުމަތްތަށް ސަރުކާރުން އެވަނީފަށްޓަވާފައެވެ. ޢުމުރުންދުވަސްވީމީހުންގެ ދުވަހެއް ރާއްޖޭގައި ފާހަގަ ކުރަމުންދާއިރު އެފަދަ އެންމެންނަށްޓަކާ ސަރުކާރުން ގާއިމްކޮށްދީފައިވާ ޚިދުމަތްތައް ބަލައިގަނެ ތިމާމެންގެ މައިބަފައިނަނާ ކާފައިންނާ މާމައިންނާ ދައްތަމެންނާ ބޭބެއިންގެ ޙައްގުތަށް ފުރިހަމަ ކޮށްދިނުމަށް ސަރުކާރާ ބައިވެރިވުމަކީ ސަރުކާރުން ދެކެންބޭނުންވާ ކަމެކެވެ. ސުވަރުގެ ވަނުމުގެ ދޮޜު ހުޅުވެނީ މައިބަފައިންގެ ފައިތިލަދަށުން ކަމަށް ވާނަމަ އެމައިން ބަފައިންގެ ރުހުން ދަރީންނަށް ލިބޭނެގޮތަކަށް ދަޜީންގެ ޢަމަލުތައް ސީދާކުރާންޖެހޭނެއެވެ. ނޫންނަމަ ސުވަރުގެވަނުމުގެ ދޮރެއް ނުފެންންނާނައެވެ.
މިރާއްޖޭގެ ޒަމާންވީތަރިކަ ކަމުގައިވާ ޢުމުރުންދުވަސްވީ މީހުންއެއްލާލެވިފައިވަނިކޮށް މިއަދުގެސަރުކާރުން އެފަރާތްތަކަށް ދެއްވި ޚާއްޞަ މަތިވެރި އަޅާލުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް މާތްﷲ ރަޙުމަތް ލައްވާށިއެވެ އާމީން.