އެމްޑީޕީއަށް ފޯރމްފުރުން އެ ޕާޓީގެ ހަރުގޭގައި ކުރިޔަށް ގެންދަނީ

އިބްރާހީމް ރާމިޒް

އެމްޑީޕީއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފޯމު ފުރައިދިނުން އެ ޕާޓީގެ ހަރުގޭގައި ކޮންމެ ރެއަކުވެސް ކުރިޔަށް ގެންދާ ކަމަށް އެމްޑީޕީގެ ލޮޖިސްޓިކްސް ބެލެހެއްޓެވުމުގައި އިސްކޮށް ޙަރަކާތްރެިވެލައްވާ އެމްޑީޕީ މާލެ ސިޓީގެ ނައިބު ރައީސް ޢަބްދުލް މަޖީދު ޢަބްދުލް ޝަމީމް (މަޖީދު ސަރ( ވިދާޅުވެއްޖެއެވެ.
މުލިއާގޭ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގެ މަގާމް ވެސް އަދާކުރައްވަމުން ގެންދަވާ މަޖީދު ސަރ ވިދާޅުވީ ކޮންމެ ރެއަކު 9 ން 11 އަށް އެމްޑީޕީ ހަރުގޭގައި އެ ޕާޓީއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފޯރމްފުރުން ކުރިޔަށް ގެންދާ ކަމަށާއި، މި ޙަރަކާތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށެވެ.