އިބްރާހީމް ރާމިޒް
ނަޑެއްލާ އެމްޑީޕީ ފިޔަލަ ގޮފި އަދި ޒުވާނުންގެ ގޮފީގެ ހިންގާ ކޮމެޓީ އިންތިޙާބްކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 އިން އެރޭ 19:00 އަށް ނަޑެއްލާ ސްކޫލްގައި ބޭއްވި، އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވޯޓުދިން މި އިންތިޚާބުގައި، ޒުވާނުންގެ ގޮފީގެ ރަޢީސަކަށް ހޮވުނީ ގދ. ނަޑެއްލާ ހެޕީކޯނަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ އެވެ. ނާއިބް ރަޢީސް އަކަށް ހޮވުނީ ގދ. ނަޑެއްލާ އޭޝިޔާ އަލްފާޟިލް މުހައްމަދު ޢަލީ އެވެ. ފިޔަލަ ގޮފީގެ ރަޢީސް އަކަށް ގދ. ނަޑެއްލާ މިޔުޒިކީގޭ އަލްފާޟިލް އަބްދުﷲ ރަޝީދު އިންތިޚާބުވިއިރު، ނާއިބް ރަޢީސް އަކަށް އިންތިޚާބުވީ ގދ.ނަޑެއްލާ އަޅިވިލާގެ އަލްފާޟިލް އަޙްމަދު ފިރާޒް އެވެ.
ވާދަވެރި ކެމްޕެއިން އަކަށް ފަހު ނިމިގެންދިޔަ މި އިންތިހާބުގައި ޒުވާނުންގެ ގޮފީގެ ރަޢީސްގެ މަޤާމަށް 3 ބޭފުޅަކު ވާދަކޮށްފައިވެއެވެ. އެއީ އިބްރާޙިމް ނިޔާޒް، ދޫރެސް، ގދ.ނަޑެއްލާ އާއި، ޝިހާބް އިބްރާހިމް އިފެކްޝަން ، ގދ.ނަޑެއްލާ އާއި، މުހައްމަދު އަބްދުﷲ ހެޕީކޯނަރ ، ގދ. ނަޑެއްލާ އެވެ. މި ގޮފީގެ ނާއިބް ރަޢިސްގެ މަޤާމަށް ވާދަކުރެއްވީ ގދ. ނަޑެއްލާ އޭޝިޔާ ، މުޙައްމަދު އަލީ އެވެ.
ނަޑެއްލާ ފިޔަލަ ގޮފީގެ ރަޢީސް ގެ މަޤާމަށް 2 ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ މުޖުތަބާ އަބްދުﷲ ގަހާކޯޅި ، ގދ. ނަޑެއްލާ އާއި، އަބްދުﷲ ރަޝީދު މިޔުޒިކީގެ ، ގދ. ނަޑެއްލާ އެވެ. މި ގޮފީގެ ނާއިބް ރަޢީސް ގެ މަޤާމަށް ވާދަ ކުރެއްވީ ހަމައެކަނި އަޙްމަދު ފިރާޒް އަޅިވިލާގެ، ގދ. ނަޑެއްލާ އެވެ.
ގޮފިތަކުގެ އިންތިޙާބަށް ފަހު ނަޑެއްލާގައި އެމްޑީޕީގެ ހަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުމަށްޓަކައި ހުރިގޮންޖެހުންތައް ހައްލުކުރުމާއި އެކު އެމްޑީޕީ އާއި ނަޑެއްލާގެ ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ޕާޓީގެ ތެރެއިން ރައްޔިތުންށް ދެވެން ހުރިި ހިދުމަތްތައް ނަޑެއްލާގެ ރައްޔިތުނާއި ހަމައަށް ގެންގޮސް ދީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރުމުގައި ދެމިތިބެ، ރައްޔިތުންގެ ހެވާއި ލާބަޔަށް އަދި ނަޑެއްލާގެ މުސްތަޤުބަލް އުޖާލާކުރުމަށް މި ސަރުކާރަށް އެއްބާރުލުންދީގެން މަސައްކަތްކުރާނެ ކަމުގެ ޔަޤީން ކަން ގޮފިތަކުގެ ހިންގާ ކޮމިޓީން ދެއެވެ.