ދަރުމަވަންތަ ސްކޫލުގެ ބިދޭސީ ޓީޗަރަކު ކުރަހާފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ފޮޓޯއެއްގެ އަގު 400000ރ. އަށް އަރައިފި

އިބްރާހީމް ރާމިޒް

mdp-pg-sketch-450-x-251

ދަރުމަވަންތަ ސްކޫލުގެ ބިދޭސީ ޓީޗަރަކު ކުރަހާފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ފޮޓޯއެއްގެ އަގު 400000ރ. އަށް އަރައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ގުޅިގެން އިއްޔެ ހުޅުވި މައުރަޒުގައި ބަހައްޓާފައިވާ، ދަރުމަވަންތަ ސްކޫލުގެ އާޓް ޓީޗަރު، އިންޑިއާގެ ހެމަން ކުމާރު ކުރަހާފައިވާ ދިހަ ފޫޓު ތިން ފޫޓުގެ މި ބޮޑު ކުރެހުމުގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އަދި މި ކުރެހުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

މިރޭގެ ނިޔަލަށް އާރޓް ގެލެރީގައި ކުރިއަށް ގެންދާ މި މައުރަޒުގެ ކުރެހުންތައް ކުރަހާފައި ވަނީ މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުންނެވެ. އަދި މި މައުރަޒުގެ ކުރެހުންތައް ވިއްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ކުރެހުމުގެ މައުރަޒުގައި 19 ސްކޫލަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އަތޮޅުތަކުގެ ފަސް ސްކޫލެއް ވެސް ހިމެނެ އެވެ.