އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކާއި، އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ޕާޓީ ކަމަށްވާ ކޮންޒަވެޓިވް ޕާޓީގެ އަހަރީ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ އިނގިރޭސި ވިލާތުގެ މަނެޗެސްޓަރ އަށް ފުރާވަޑައިގެންފިއެވެ.
މި ކޮންފަރެންސް އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސި ވިލާތުގެ މަންޗެސްޓަރ ގައެވެ.
އެމްޑީޕީއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކޮންޒަވެޓިވް ޕާޓީގެ އަހަރީ ކޮންފަރެންސް ގައި މީގެ ކުރިން، އެމްޑީޕީގެ އޭރުގެ ޗެއަރޕާސަންގެ ހައިސިއްޔަތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، އަދި މިހާރު، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ޙުސައިން ޒަކީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.