ފަހަލަސަޢީދު
ހުސްވި ރަމަޒާން މަހުގެ ޝަރަފަށްޓަކާ މެދުކަނޑާލެވިފައިވާ އެމްޑީޕީގެ ހަރުގޭ ޖަލްސާތަށް މާދަމާރެއިން ފެށިގެން ކުރިއަށް ގެންދާގޮތަށް ޗެއަރޕާސަން ހަމަޖައްސަވައިފިއެވެ.
އެމްޑީޕީގެ އެކްޓިވިސްޓުންނާ ސަޕޯޓަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ޑިމޮކްރަސީއަށްޓަކާ އެމްޑީޕީއިން ކުރަމުންގެންދާ މަސައްކަތް ކާމިޔާބުވަމުންދާ މިންވަރާ ޕާޓީގެ ގޮފިތަކާ ދާއިރާތަކުގެ ރަޢީސުން ނަށް ކުރިމަތިވާ ގައުމީމައްސަލަތަކާ ޕާޓީގެ ތެރޭގައި ހިނގާ އެކިއެކިޙަރަކާތްތައް ކުރިއަރުވާ ގައުމީ ރޫޙު އާލާކުރުމުގެ މަގުޞަދުގައި ބާއްވާ މިޖަލްސާ ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވިފައެވެ.
އަދި ރާއްޖޭގެ އެކިރަށްރަށުގައި ގާއިމްކުރެވިފައިވާ އެމްޑީޕީގެ ހަރުގެ ތަކުގައިވެސް މާލެއެކޭ އެއްގޮތަށް ޖަލްސާތައް ބާއްވަވަން ގަސްދު ކުރައްވާ ކަމަށާ އެކިދާއިރާތަކުން އެމްޑީޕީ އޮފީހާ ގުޅުއްވާ ޖަލްސާތަށް ބޭއްވުމުމުގެ ތައްޔާރީތައް ވުމަށްވެސް ޗެއާރޕާސަން އެދިވަޑައިގަންނަވާފައިވެއެވެ.