ރައްޔިތުންނަށް އުފަލުގައި އުޅެވޭނީ ދައުލަތް ފުދުންތެރިވެގެން

ފަހަލަސަޢީދު

gst

ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ މުސްތަގްބަލެއް ހޯދައިދިނުމަށް ސަރުކާރުގެ ޓެކްސްނިޒާމު އެހީތެރިވެދެއެވެ.
ރާއްޖޭގެ އިގްތިޞާދު ފުޅާވެ ރައްޔިތުން ހިތްހަމަޖެހި އުފަލާ މަޖަލުގައި އުޅޭތަން ދުށުމަކީ މިސަރުކާރު އުންމީދެކެވެ.
މިގޮތުން ރައްޔިތުންގެ ފުދުންތެރި ކަމާ ގުޅިފައިވާ އިގްތިޞާދީ އިޞްލާޙީ ޕްރޮގްރާމުގެ ތެރޭގައި،ޓެކްސް ނެގުމާބެހޭ ބިލުތަކާއި، ބިމުގެ ބިލް، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލް، ޕާޓްނާރޝިޕްގެ ބިލު، އަދި ކުންފުނީގެ ބިލްތަކުން ދައުލަތުގެ އިގްތިޞާދީ ބިންގާ ހަރުދަނާ ކުރެވިގެން ދެއެވެ. މިދެންނެވި އެންމެހައި ބިލްތައް ފާސްވުމުން ދައުލަތުގެ އާމްދަނީ އިތުރުވެގެން ދާނެއެވެ.މިއިތުރުވުމަކީ އިމްޕޯޓް ޑިއުޓީ، ބައެއް މުދަލުން އުނިކޮށްގެން ގެއްލޭ އާމްދަނީ
ހިމަނައިގެން ވާއިތުރެކެވެ.
ރައްޔިތުންގެ ވެރިކަމެއްގެ ބިންގަލަކީ، ރައްޔިތުން އިގްތިޞާދީ އަދި އިޖްތިމާޢީގޮތުން ބާރުވެރި ކުރުވުމެވެ. މިދެންނެވި ބާރުތައް ރައްޔިތުންނަށް ދިނުމަށްޓަކާ ޚަރަދުތަކެއް ކުރަން ލާޒިމްވެއެވެ. މީގެތެރޭގައި ފަގީރުންނަށް ދެވޭ ސަބްސިޑީ،އެކަނިވެރި މައިންނަށް ދޭވޭއެހީ، ޢުމުރުންދުވަސްވީ މީހުނަށް ދެވޭ އެހީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިންގޭ ވެރިކަމުގެ ނިޒާމު ރޭވި،ފުރިހަމަ ވެގެންދެއެވެ. ދައުލަތުގެ މިއަދުގެ ޚަރަދުތައް މިދެންނެވުނު ގޮތްތަކަށް އަތުރާލެވި
ތަރުތީބު ކުރެވިދާއިރު، ދައުލަތް ހިންގުމުގެ ޚަރަދުތައްވެސް ލިބޭ އާމްދަނީއާ ނުބައްދަލުވެގެންގޮސް އިގްތިޞާދު މިދަނީ ބޮޑުބަދަލަކަށް ބޭނުންވުމުން ރަމްޒުކޮށް ދޭފަދަ ގޮތަކަށް ހުމާއި ރިހުން އިޙުސާސް ކުރަމުންނެވެ.
މިދެންނެވި އެންމެހައި ޓެކްސްތަކުގެ ތެރެއިން އަޅާލުމާއި އޯގާވެރިކަމަށް ބޭނުންވާ ރައްޔުތުންނަށް އެހީވެދިނުމަށް ދައުލަތް ފުދުންތެރިވެދެއެވެ. މިޓެކްސް ނިޒާމުގެ ސަބަބުން ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އަތްފޯރާފަށުގައި މުދަލާ ޚިދުމަތް ފޯރުކޮށް ދިނުމަށް ދައުލަތަށް ފުރުޞަތު ލިބިގެންދެއެވެ. މިނިޒާމުގެ ސަބަބުން ވަޒީފާގެބާޒާރަށް ނުކުންނަ ގިނަޒުވާނުންނަށް އަމިއްލަ ވިޔަފާރިވެރިން މެދުވެރިކޮށް އިތުރުކުރެވިގެންދާނެއެވެ. އަދިމިވަޒީފާތަކަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުމަށް ނުވަތަ ތަމްރީނުކުރުމަށް ސީދާ ބަޖެޓުން ޚަރަދު ކުރުމުގެ މަގު ހުޅުވިގެންދާނެއެވެ. ދިވެހިން އުފެއްދުންތެރި ބަޔަކަށް ހެދުމަށް ތަޢްލީމާއި ހުނަރުވެރިކަން ބިނާކުރުމާއެކު،ޞިއްހީ ގޮތުން ދުޅަހެޔޮ ރައްޔިތެއް އުފައްދަން ޖެހެއެވެ. މިޓެކްސްނިޒާމުން ޞިއްހީޚިދުމަތް ތައް އެތައްގުނައަކުން ތަރައްގީގެ މަރުކަޒްތަކުގައި ހަރުދަނާކުރުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.
ދައުލަތެއް އޯގާވެރިވަނީ އެދައުލަތެއްގެ ހިޔާވަހިކަމުގައި ތިބި ރައްޔިތުންގެ އަމިއްލަ ޒަމީރުގައި ހިތްވަރު އުފައްދައިދީ އުންމީދުތަކަ ހުވަފެންތަކެއް ވިސްނުމުގައި ބިނާކުރުވައިގެންނެވެ. ނުވަތަ މުޑުވައް ކޮށްގެންނެވެ. މިދެންނެވި ހުވަފެންތަކަށް ޢަމަލީސިފަ ގެނެވޭނީ ގައުމުގެ ފޯރުންތެރި ފަރާތްތަކުން ފޯރުންތެރިކަން ނެތްފަރާތްތަކަށް ދެވޭ، ޢަދުލުވެރި ގޮތަކަށް ދައުލަތަށް ނެގޭޓެކްސް މެދުވެރިކޮށް ގެނެވެ. އަދި ހަމަހަމަ ދެފުށް ފެންނަ ގޮތަކަށް ޓެކްސް ނިޒާމުން ލިބޭ އާމްދަނީ ބެހޭނެ ގޮތެއް އިންތިޒާމު ކޮށްގެނެވެ. މިކަމަށް ސަރުކާރުގެ ގައުމީތަރައްގީގެ އޮނިގަނޑުގައި ވަނީ ސިޔާސަތުތަކެއް ރޭވިފައެވެ. އަދި އަހަރުން އަހަރަށް ހިންގޭ ބަޖެޓް ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުމީހާއާ ހަމަޔަށް ފޯރުކޮށްދެވޭނެއެވެ.
މިފަދަ ފައިދާކުރަނިވި ކަންކަމުން ރައްޔިތުން މަޙުރޫމު ކުރާނީ ރައްޔިތުންގެ ދުޝްމަނުން ނޫންތޯއެވެ.ކަން މިހެންހުރުމާއެކު އިދިކޮޅު ޙަރަކާތްތެރިންނަށް މިދެންނެވި ޓެކްސް ނިޒާމް ދަސްކޮށްދިނުމަށް މީރާ އިން މަސައްކަތެއް ނުކުރާނެބާއެވެ. ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުދެންޏާ ތަސްމީނުމެންނާ ދިމާލަކަށް ރައްޔިތަކު ނުބަލާނެއެވެ. ވީއިރު ޖީއެސްޓީ ފަދަ ޓެކްސް ބިލްތަކަށް އެބޭފުޅުން ރުހޭނެތޯއެވެ.