ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފި

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުގެ ޝެއަރ ސްޓްރަކްޗަރަށް އައި ބަދަލާ ގުޅިގެން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މާފަންނު އެމަތީސްޓް ޙުސައިން ނަޢީމެވެ. މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މާވިނަ އަޙްމަދު ޢާޠިފެވެ.
މިދެބޭފުޅުންނާއެކު، މި ބޯޑުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ތިއްބަވާ އަނެއް ދެބޭފުޅުންނަކީ، މާފަންނު ވެރާ މުޙަންމަދު ހާޝިމާއި، ހެންވޭރު ސެންޓާލަމް އަޙްމަދު ނާޒިމެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ އެއްގަމުގޭ މުޚްތާރު ޙަސަނާއި، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ދަނބުރުއްދޮށުގޭ ޝަމްޢޫން ސަޢީދާއި، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ނިޢުމަތް، ޢަބްދުއްރަޙީމް ޢަލީއެވެ.