ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަވީރު ފަށްޓަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މިރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، މިރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި، ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގައި ސާރކްސަމިޓަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވާފައެވެ.