އިބްރާހީމް ރާމިޒް
އަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅިގެން ބޭއްވި ނޫސްކޮންފަރެންސެއްގެ ތެރެއިން ..އެމްޑީޕީ ފައިލް ފޮޓޯ
30 ޖޫން 2009 ގައި އަދާލަތު ޕާޓީއާއި އެމްޑީޕީން ވެފައިވާ ކޯލިޝަން އެއްބަސްވުން ރޭ އަދާލަތު ޕާޓީން އުވާލައި މިއަދު އެކަން އެމްޑީޕީއަށް ރަސްމީކޮށް އަންގައިފިއެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމަށް ހާޒިރުވި 34 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ އަޤްލަބިއްޔަތުން ފާސްކޮށްފައިވަނީ އަދާލަތު ޕާޓީއާއެކު އެމްޑީޕީން ވެފައިވާ މުޢާހަދާ އުވާލުމަށާއި، ޢަދާލަތު ޕާޓީން ސަރުކާރުން ވަކިވުމަށް، ކަމަށް އެ ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ސޮއިކުރައްވައި އެމްޑީޕީގެ ރައީސް ޑރ.ޑީޑީ އަށް ފޮނުއްވި ސިޓީގައި ވެއެވެ.
އަދި ރޭ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރު ފާސްވުމާ ގުޅިގެން މިއަދުން ފެށިގެން ޢަދާލަތު ޕާޓީ ތަމްސީލުކުރާ އެއްވެސް ފަރާތެއް މި ސަރުކާރުގައި ނުހުންނާނޭ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
ޢަދާލަތު ޕާޓީން އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލިކަން އިޢުލާންކުރުމާ ގުޅިގެން އެމްޑީޕީން އަދި ރަސްމީކޮށް އެއް ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޢަދާލަތު ޕާޓީން އެމްޑީޕީއަށް ފޮނުވި ސިޓީ ވިދާޅުވުމަށް މި ލިންކަށް ފިއްތަވާ ލައްވާ