ނަރުދޫ އެމްޑީޕީ ތަރާދު ގޮފީގެ ފުރަތަމަ އަހަރީ ޖަލްސާ ބާއްވަނީ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ށ.ނަރުދޫއިން މަރުހަބާ ދަންނަވަނީ..އެމްޑީޕީ ފައިލް ފޮޓޯ
އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ށ.ނަރުދޫއިން މަރުހަބާ ދަންނަވަނީ..އެމްޑީޕީ ފައިލް ފޮޓޯ

ށ. ނަރުދޫ އެމްޑީޕީ ތަރާދު ގޮފީގެ ފުރަތަމަ އަހަރީ ޖަލްސާ ވަރަށް ކުލަގަދަކޮށް އެރަށުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގޮފީގެ ރައީސް އަޙުމަދު ސޮބާޙް ވިދާޅުވެއްޖެއެވެ.
ނަރުދޫ ބަނދަރު ސަރަހައްދުގައި މާދަމާރޭ ބާއްވާ މި ޖަލްސާ ގައި ނަރުދޫގެ އެމްޑިޕީ މެންބަރުންގެ އިތުރުން އެ އަތޮޅު މިލަންދޫ އާއި ފީވަކުގެ އެމްޑީޕީ މެންބަރުންނާއި، މިލަންދޫ ދާއިރާގެ އެމްޑީޕީ ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވާނޭ ކަމަށާއި، މި ޚާއްސަ ޖަލްސާ އަށް ނަރުދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަށް ތަރާދު ގޮފީގެ ރައީސް އެދިލައްވައެވެ.
މި ޖަލްސާ ފެށޭނީ ބުދަ ދުވަހުގެރޭ 9.00 ގައެވެ.