ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ އެދާއިރާގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ފަހަލަސަޢީދު

hamza1

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރ އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރ އަޙުމަދު ހަމްޒާ، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ދާއިރާގެ ރަށްތަކަށް މިދިޔަ ހުކުރުދުވަހު ފެށްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެވަޑައިގެންފިއެވެ.
އަޙުމަދު ހަމްޒާގެ މި ދަތުރުފުޅަކީ އެދާއިރާގެ ރަށްރަށުގެ ރައްޔިތުންގެ ޙާލު އަޙުވާލު ބައްލަވާ ރައްޔިތުން ބޭނުންވާކަންކަން އޮޅުންފިލުވާ ރައްޔިތުންގެ ޝުޢޫރުތައް އެއްސެވުމަށް ކުރެއްވި ދަތރުފުޅެކެވެ.
މިދަތުރުފުޅުގައި ހަމްޒާ ފުރަތަމަ ވަޑައިގަތީ ފ. އަތޮޅު ފީއައްޔަށެވެ. ފީއައްޔަށް ވަޑައިގެން އެރަށުގެ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ޙާލުއަހުވާލު ބައްލަވާ ރައްޔިތުންގެ އަޑުއައްސަވާ ހެއްދެވި އެވެ.އަދި އެރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާ އެކްޓިވިސްޓުންނާ ބައްދަލުކުރައްވާ ޕާޓީގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކާ މެދު ސަޕޯޓަރުންނާ މަޝްވަރާ ކުރެއްވިކަމަށް ޚަބަރު ލިބިފައިވެއެވެ.އަދި އަތޮޅުމަދުރަސާއިން ގްރޭޑް 10 ނިންމި ދަރިވަރުންނަށް އިނާމުދިނުމަށް އަތޮޅުމަދުރަސާ ގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވިއެވެ.
ފީއައްޔަށްފަހު އަހުމަދު ހަމްޒާ ދެންވަޑައިގަތީ ބިލެތްދޫއަށެވެ. ބިލެއްދޫގެ ގޭގެއަށް ޒިޔާރަތްކުރަވާ ރައްޔިތުންގެ ޙާލު ބައްލަވާ ރައްޔިތުންގެ އިޙުސާސްތަށް ހުރިނެތްގޮތް ބައްލަވާ ރައްޔިތުންގެ ޝުޢޫރުތަކުގައި ބައިވެރިވެވަޑަގެންނެވިއެވެ. އަދި ބިލެއްދޫގެ އެމްޑީޕީ ގޮފިތަކުގެ ވެރިންނާ މެންބަރުންނާ ބައްދަލު ކުރައްވާ ޕާޓީ ރޫޙު އާލާކުރުމާ ޕާޓީގެ ޙަރަކާތްތައް ކުރިއަށް ގެންދާނޭ ގޮތްތަކާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ. ބިލެއްދުއަށްފަހު އެމަނިކުފާނު ދެންވަޑައިގަތީ މަގޫދޫއަށެވެ، މިރަށުގެ ރައްޔިތުންނާ ޒުވާނުންނާ ޕާޓިގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު އެރަށު ސްކޫލުގެ ޕްރިފެކްޓް ޑޭގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންގެ ޙާލު ބެއްލުވުމުގެ އިތުރު ދަތުރުތަކެއް ވަރަށްއަވަހަށް ފައްޓަވާނޭ ކަމަށް އެމްޑީޕީ ބިލެއްދޫ ދާއިރާއިން މަޢުލޫމާތު ދެއެވެ.