ތަރައްޤީ: ފުވައްމުލަކުގައި ހަދާ ވައިގެ ބަނދަރުގެ ރަންވޭ އަށް އަންނަހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ފެށޭނެ – ޏ.އަތޮޅުކައުންސިލްގެ ރައީސް

ފަހަލަސަޢީދު

fuvahmulah-airport-450-x-2871

ފުވައްމުލަކުގައި އަޅައިދޭ ވައިގެ ބަނދަރު ކަނަޑައެޅިފައިވާ ތާރީޚަށް ނިންމާލެވޭނެކަމަށާއި، ކުރިއަށް އޮތްހަފުތާގެ ތެރޭގައި ރަންވޭ އަށް ތާރުއެޅުމުގެ މަސައްކަތް ފެށޭނޭ ކަމުގައި ފުވައްމުލަކު އަތޮޅު ކައުސިލްގެ ރައީސް ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ.
ހަސަންސަޢިދު ވިދާޅުވިގޮތުގައި ސާކުސަމިޓާ ގުޅިގެން ފުވައްމުލަކުގައި ހިންގޭ ގިނަޕްރޮގްރާމްތައް މިހާރު ނިމެމުން އަންނަކަމަށާ ސާކްސަމިޓަށް ތައްޔާރުކުރާ ކުރިކެޓް ސްޓޭޑިއަމްގެ ވަށާ ފާރުގެ %90 އިންސައްތަ ނިމި ވިނައިންދުމުގެ މަސްއްކަތް ކުރިއަށް އެބަދެއެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ކަލްޗަރަލް ވިލެޖްގެ މަސައްކަތާ ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލެއްވުމާ އެހީތެރިކަން ވަރަށް އެކުވެރި ޖައްވެއްގައި ލިބެބުމުންދާ ކަން ރައީސް ހަސަންސައީދު ފާހަގަކުރެއްވިއެވެ. ސާކްސަމިޓަށް ވަޑައިގަންނަވާ މެހެމާނުންނާ ޢިއްޒަތްތެރިންނަށް މަރުޙަބާ ދެންނެވުމާ ފަރިއްކުޅުއްވުމާ އަދި އެބޭފުޅުންގެ އެކަމަޑޭޝަން ޚިދުމަތާ މުނިފޫހި ފިލުވުވުގެ ޙަރަކާތްތައް ވެސް ގަޑިއަށް ނިންމުމަށް ޚާއްޞަ ސަމާލުކަން ދީގެން ކުރިއަށް އެބަދާކަން ހަސަންސައީދު ފާހަގަކުރެއްވިއެވެ. އަދި ސާކުސަމިޓަށް ވަޑއިގަންނަވާ ޢިއްޒަތް ތެރިންގެ ޝަރަފްގައި ތައްޔާރު ކުރެވޭ ބަންޑާރަ ކިޅި(ބަންޑާރަކުޅި) ތައްޔާރުކުރުމުގެ މަސައްކަތްވެސް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށާ ދަރުބާރު ގޭގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދާކަން ޙަސަން ސަޢީދު ފާހަގަ ކުރެއްވިއެވެ.
ޙަސަން ސަޢީދު އިތުރަށް ވިދާޅުވީ މަގުހެދުމުގެ މަސައްކަތް ކުރައްވަނީ ސަދަންޔުޓިލިޓީއާ ޙަވާލު ކުރެވިގެން ކަމަށާ އެމަސައްކަތް ނޫން އެހެން ހުރިހާ މަސައްކަތް ނިމި ސާކްސަމިޓް ފައްޓާ ގަޑިއަށް ރިބަން ކަނޑާލެވޭނޭ ކަމަށް ބައްލަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައެވެ.