އެމްޑީޕީން ބޭނުންވާ ބައެއް މަޢުލޫމާތު ހޯދުމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ކޯޓުތަކަށް ސިޓީފޮނުވައިފި

9 ޖޫން 2010

reeko-moosa-450-x-301

ރާއްޖޭގެ އަދުލު އިންސާފު ހިންގުމުގެ ދާއިރާގައި މިހާރު ކުރިޔަށްދާ ބައެއް ކަންތައްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެ ދާއިރާއާ ގުޅުން ހުރި އިދާރާތަކާއި ކޯޓުތަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ސިޓީ ފޮނުއްވައިފިއެވެ.
މިގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ނުނިމިހުރި މައްސަލަތަކުގެ ޢަދަދާއި، އެމައްސަލަތަކުގެ މުއްދަތު އެނގޭނޭ ތަފްޞީލީ ލިޔުން ހޯދުމަށް އެދި މޫސަ ސިޓީ ފޮނުއްވާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު، ހައިކޯޓު، މަދަނީ ކޯޓު، ޖިނާޢީ ކޯޓު، ޢާއިލާއާ ބެހޭ ކޯޓު އަދި ކުޑަކުދިންނާ ބެހޭ ކޯޓަށެވެ.