އެމްޑީޕީ އަންހެނުންގެ ރޫޙްގެ ރައީސާ ތިނަދޫގެ އެމްޑީޕީ އަންހެން މެންބަރުންނާ ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

ގދ. ތިނަދޫގެ އެމްޑީޕީ އަންހެނުންގެ ރޫޙްގެ މެންބަރުންނާ އެމްޑީޕީ އަންހެނުންގެ ރޫހްގެ ރައީސާ ޝިޔާމާ އަޙްމަދު ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީ އަންހެނުންގެ ރޫޙްގެ ނާއިބު ރައީސާ ޚަދީޖާ އަބޫބަކުރު ވެސް ބައިވެރިވެލެއްވި މި ބައްދަލުވުން އޮތީ ރޭ 9.00 ގައި އޮތް ތިނަދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ. މި ބައްދަލުވުމުގައި އަންހެނުންގެ ރޫހުގެ ޤަވާޢިދު އޮޅުން ފިލުވައި ދިނުމާއި އަންހެނުންގެ ރޫހްގެ މެންބަރުންނަކީ އަންހެނުންގެ ހޭލުންތެރި ކަމަށް މަސައްކަތް ކުރުމާއި، މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މިހާރުގެ ޖީލް ހަރުދަނާކަމާއެކު ބެލެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރުމަށް އަންހެން މެންބަރުންނަށް ޝިޔާމާ ގޮވާލެއްވިއެވެ. އަދި ޕާޓީގެ ގޮފިތައް އިތުރުކޮށް މެންބަރުންގެ ޢަދަދު ވެސް އިތުރުކުރުމަށް މަސައްކަތްކުރުމަށް ބާރު އެޅުމަށް ވާހަކަ ދެކެވުނެވެ.

އަދި ރޫޙްގެ ފަރާތުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން މަދަނައިގެ އެހީނުލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން އެފައިސާ ހޯދުމަށް މަސައްކަތް ކުރުމުގެ ގޮތުން ތިނަދޫން އެފައިސާ ނުލިބިވާ ފަރާތްތައް ހޯދާ އެމަސައްކަތް ބަލަހައްޓާނެ ފޯކަލްޕޮއިންޓެއް ކަނޑައެޅުމުގެ މައްޗަށް ވާހަކަ ދެކެވުނެވެ،

އަދި 8500 ވަޒީފާގެ ފުރުސަތަށް މީހުން ތަމްރީން ކުރުމަށް މިހާރު ސަރުކާރުން ހުޅުވާލާފައި ވާތީ އެފުރުސަތުގު ބޭނުން ހިފުމަށް ގިނަ މީހުންނަށް ވިސްނައީދީގެން ބައިވެރި ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް މި ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ.