ރާއްޖޭގައި ދެވެމުން އައި ޞިއްހީ ޚިދުމަތް ރަނގަޅުނޫންނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކުރީސަރުކާރުން

ފަހަލަސަޢީދު

ރާއްޖޭގައި ދެވެމުން އައި ޞިއްހީ ޚިދުމަތް ރަނގަޅުނޫންނަމަ އެކަމުގެ ޒިންމާ އުފުއްލަވާނީ ކުރީސަރުކާރުންނެވެ. މިރާއްޖޭގައި 30 އަހަރުވަންދެން ދެމުން އައި ސިއްޙީ ޚިދުމަތް ރަނގަޅު ކުރުމަށް މިސަރުކާރުން މަސައްކަތް ކުރެއްވިނަމަވެސް އެއީ ސަރުކާރު ވެފައިވާ ވަޢުދެއް ނޫނެވެ. މިސަރުކާރުން ވަޢުދުވެފައިވަނީ މިސަރުކާރު ވެރިކަމަށް އައި އިރު މިރާއްޖޭގައި ލިބެންހުރި ޞިއްޙީ ޚިދުމަތްތައް ހުރިހާރައްޔިތުންނަށް ހަމަހަމަ ކަމާއެކު ފޯރުކޮށް ދިނުމަށާއި ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލަދޭނެ ކަމުގައެވެ. މިވަޢުދުތައް މިސަރުކާރުގެ ފުރަތަމަ ފަސްއަހަރު ނިމޭއިރު ފުރިހަމަ ވާނޭކަމަށާ އަންނަ ފަސްއަހަރަކީ މިރާއްޖެއިން ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަސްމީސިފައެއްގައި ފުރިހަކުރާނެ ފަސް އަހަރުކަމުގައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން ދަނީބުނަމުންނެވެ.
2012 ވަނައަހަރުން ފެށިގެން ރާއްޖޭގެ ކޮންމެރައްޔިތަކަށް ސަރުކާރުން މަދަނައިގެ ޚިދުމަތް ހިލޭފޯރުކޮށްދެއްވާނޭކަމަށް ރައީސުލްޖުމް ހޫރިއްޔާ ވަނީ ގައުމާ މުޚާޠަބު ކުރައްވާ ވިދާޅު ވެފައެވެ.
ރާއްޖޭގައި ދެވެމުން އައި ޞިއްހީ ޚިދުމަތް ރަނގަޅުނޫންނަމަ އެކަމުގެ ޒިންމާ އުފުއްލަވާނީ ކުރީސަރުކާރުންނެވެ.މިސަރުކާރު ވެރިކަމަށް އަންނަން ކުރިމަސައްކަތުގެ ތެރޭގައި ރައްޔިތުން ބޭނުންވަނީ ކޮންކޮން ކަންތަކެއްތޯ ބައްލާފައި ވެއެވެ.އެހެންކަމުން ސަރުކާރުން ވަޢުދު ވެފައިވަނީ ރައްޔިތުން އެދިފައިވާ ކަންތައްތައް ކޮށް ދިނުމުގެ ވަޢުދެވެ. ޞިއްޙީޚިދުމަތުގެ ފެނަވަރު ރަނގަޅު ނޫންކަމަށް އޭރު ރައްޔިތުން ބުނެފައެއް ނުވެއެވެ. ނަމަވެސް އޭރު ހުރިޚިދުމަތުގެ އަގު ބޮޑުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާ ނުގުޅި ބޭސްސިޓީ އަށް ސަލާންޖަހަމުންދިޔަ ރައްޔިތުންނަށް އަތްފޯރާ އަގެއްގައިމިރާއްޖޭގައި ހުރި ޞިއްހީ ޚިދުމަތް ހޯދައި ދިނުމަށް ރައްޔިތުން އެދިފައިވެއެވެ. އެކަން ސަރުކާރުން އެވަނީ ފުރިހަމަ ކޮށްދީފައެވެ.
ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ޙާލަތު ރަގަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފުޅާދާއިރާއެއްގައި ފައްޓާފައެވެ.
އެގޮތުން ޑޮކްޓަރުން ތަމްރީނު ކުރުމާ ހަސްފަތާލު ތަކުގެ އާލާތްތައް ޒަމާނީކޮށް ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ހުރެގެން ކޮންމެ ފަރުވާއެއް ލިބޭނޭ މަގުތައް މިހާރު ދަނީ ކޮށެމުންނެވެ.އަދި ލ.އަތޮޅުގައި ޑޮކްޓަރުން އުފައްދާ މަރުކަޒެއް ގާއިމް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އޭގެއިތުރުން ޓެލެމެޑިސިންގ ގެޚިދުމަތް މުޅިރާއްޖޭ ގައި ދިނުމަށް މަސައްކަތް ކުރެވި ރާއްޖޭގެ ބައެއް ހިސާބުތަކުގައި މިޚިދުމަތް ދޭވޭކަން ފާހަގަކުރަމެވެ.