މާފުށީ ޖަލުގައި ހިންގި ބަޑިޖެހުމުގެ ކާރިޘާއަށް 8 އަހަރުފުރުން ފާހަގަކުރުމުގެ އިހުތިޖާޖް މިއަދު ވެސް އޮންނާނެ

އިބްރާހީމް ރާމިޒް

eyvaan-hadhaanugaa-20-9-2011-511

ކުރީގެ ސަރުކާރުގެ ވެރިންގެ ޢޯޑަރަށް، އެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ އެންމެ ބޮޑު ޖަލުކަމަށްވާ، ކ.މާފުށީ ޖަލުގައި ތިބި އެތައް ގައިދީއެއްގެ ގަޔަށް ބަޑިޖަހާ މަރާލި ހިތާމަވެރި އަދި މުޅިގައުމު ބިރުންސިއްސުވާލި ކާރިޘާގެ ހަނދާންތައް އާކުރުމުގެ ގޮތުން މާލޭ ގެ 3 ބާރު ވަކިކުރާ ސަރަޙައްދުގައި ބާއްވާ އިހުތިޖާޖު މިއަދު ހަވީރުވެސް ކުރިއަށްދާނެ ކަމަށް މި އިހުތިޖާޖް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މިއިހުތިޖާޖަކީ 2003 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަދުވަހު ޖަލުގައި ތިބި ގައިދީންނާ އެ ސަރުކާރުގެ އަނިޔާތަކުން މިންޖުނުވެ ޖަލުގައި މަރުވެދިޔަ ދިވެހި ޒުވާނުންގެ ހަނދާންއާކޮށް ޝުޢޫރު ފާޅުކުރުމުގެ ގޮތުން އެފަދަ އެންމެހައި ޒުވާނުންނަށް އަމާޒްކޮށްގެން ހިންގޭ އިހުތިޖާޖެއް ކަމަށް ހަރަކާތް އިންތިޒާމްކުރުމުގައި ޙަރަކާތްތެރިވާ ޒުވާނުން ބުނެއެވެ.

އިއްޔެ ވެސް ވަނީ މި އިހްތިޖާޖު ކުރިޔަށް ގެންގޮސްފައެވެ. އަދި އިއްޔެގެ އިހުތިޖާޖު ހިނގަމުން ދަނިކޮށް ޕީޕީއެމް އަށް ތާޢީދުކުރާ ކަމަށް ބުނާ އަދި ތަފާތު އެކި ކުށަށް އަރައިގަތުމުގެ ރެކޯރޑް އޮންނަ ޒުވާނަކު އެސަރަޙައްދަށް ގޮސް، ޖަލުގައި ބަޑިޖަހާ މަރާލެވުނު ޒުވާނެއް(ކްލިންޓަން ) ގެ ފޮޓޯ ޖަހާފައިވާ ބޯޑު އެދިމާ މޫދަށް އެއްލާލުމުގެ ސަބަބުން އެ ސަރަހައްދު ކޮންމެވެސް ވަރަކަށް ހަލަބޮލިވެ، ފުލުހުންގެ އެހީތެރިކަމާއެކު އެ ސަރަހައްދު ހަމައަކަށް އަޅުވަން ޖެހުނެވެ..

ތިންބާރު ވަކިކުރާ ސަރަޙައްދުގައި މިއަދުހަވީރު އޮންނަ ހިތާމަފާޅުކުރުމުގެ އެއްވުމުގައި ޒުވާނުންނަށް މައުމޫންގެ ސަރުކާރުން ކޮށްފައިވާ އަނިޔާ ތަކުގެ ވާހަކަ ހާމަކުރުން އޮންނާނާނޭ ކަމަށާއި، މި އިހްތިޖާޖުގައި ވީހާ ވެސް ގިނަ ބަޔަކު ބަިއވެރިވެދެއްވުމަށް މި ކަމުގައި ޙަރަކާތްތެރިވާ ޒުވާނުން އެދެއެވެ..