ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފި

9 ޖޫން 2010

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން ހަމަޖައްސަވައިފިއެވެ. މި ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ ހ.މާދިލް މުޙަންމަދު ޢާދިލް ސަލީމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހ. ޑިއުޑްރޮޕް އަޙްމަދު މަނިކާއި، ހ. ސުނާރު އާމިނަތު ޢަބްދުﷲއާއި، މ. ބީޗްސްލޯޕް އިސްމާޢީލް އާދަމާއި، އައްޑުއަތޮޅު ހުޅުދޫ ކުއްޅަވައްގޭ މުޙަންމަދު ދީދީއާއި، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ އިރުމަތީއާގޭ ސަމީރު އަޙްމަދާއި، މ.ނެދުންގޭ އަޙްމަދު ލަޠީފެވެ.