ވަޒީފާގެ ފުރުސަތަށް މީހުން ހޯދުމުގެ މަސައްކަތް ނަޑެއްލާ އެމްޑީޕީ ގޮފިތަކުން ކޮށްފި

އިބްރާހީމް ރާމިޒް

nadella

ދިވެހިރާއްޖޭގެ 46 ވަނަ މިނިވަން ދުވަހު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރަޢީސުލް ޖުމްހޫރިޔާ މުޙަންމަދު ނަޝީދުޢިޢުލާން ކުރެއްވި ” ހުނަރު ” ޕްރޮގުރާމް އިން ނަޑެއްލާގެ ޒުވާނުންނަށް ހުރި ފުރުސަތު ތަކާޢި ޕްރޮގުރާމްގެ ފައިދާ ޒުޥާނުންނާށް ހާމަކޮށްދީ ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ މަޤުސަދުގައި ނަޑެއްލާގެ އެމްޑީޕީ އިދާރީ ޑެސްކުން އިސްނަގައި ހުރިހާ ގޮފިތަކެއްގެ އެހީ އާއި އެކު ސެމިނަރ އެއްބާއްވައިފިއެވެ.
20 ސެޕްޓެމްބަރ 2011 ވީ އަންގާރަ ދުވަހުގެ ރޭ 8:45 އިން އެރޭ 10:45 އަށް ނަޑެއްލާ ސްކޫލްގެ ހޯލުގައި ބޭއްވި މި ސެމިނަރގެ ސަބަބުން ނަޑެއްލާގެ ޒުވާނުންގެ ތެރެއިން އޯލެވެލް ނިންމާ ވަޒީފާގެ ފުރުސަތު ލިބިފައިނުވާ ކުދިންގެ ތެރެއިން ވަޒީފާ ތަކަށް ޝައުގުވެރިކަން ހުރި ކުދިންނަށް އެފުރުސަތު ހޯދައި ދިނުމުގައި އެހީތެރި ވެދިނުމުގައި ނަޑެއްލާ އެމް.ޑީ.ޕީ ގެ އެހީ ތެރިކަން ނަޑެއްލާގެ ކޮންމެ ޒުވާނަކަށްވެސް ފޯރުކޮށް ދެވޭނެކަމަށް ނަޑެއްލާ އެމްޑީޕީ އިދާރީ ޑެސްކުން ހާމަކުރައްވައެވެ.
އަދި މި ސެމިނާއަށް ފަހު ގިނައަދަދެއްގެ އެޕްލިކޭޝަން ފޯމްތަކެއް މިހާރު ނަޑެއްލާ އެމްޑީޕީ ގެ އިދާރީ ޑެސްކުން ބަލައިގަނަމުން ދާކަމަށް އެ ޑެސްކުން މަޢުލޫމާތު ދެއެވެ.
އަދި މި ފޯމް ތައް ސެޕްޓެމްބަރ ވާ އަންގާރަ ދުވަހު އެއަތޮޅު ތިނަދޫގައި ގާއިމްކުރެވިފައިވާ މަތިދެކުނު ސަރަހަދުގެ ޤައުމީ އިދާރާ އަށް ފޮނުވުމަށް ގައި ކަމުން ފޯމް ބައިގަތުމުގެ އެންމެ ފަހު ވަގުތެއްގެ ގޮތުގައި ހަމަޖެހިފައިވަނީ މިރޭ 8 ޖަހަންދެން ކަމުގައި ނަޑެއްލާ އިދާރީ ޑެސްކުން މަޢުލޫމާތު ދެއެވެ.