ފަހަލަސަޢީދު
ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކާ އުފައްދާ ސިޔާސީޕާޓީތަކަށް މެންބަރުން އިތުރުކުރުމަށް އެކިޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތަކުގެ އިނގިލީގެ ނިޝާން ދިމާނުވެއްޖެނަމަ އެޕާޓީއެއް ޕޮލިހާ ޙަވާލު ކުރައްވާނޭކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފްއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު އިއްޔެ ވިދާޅުވީ އިނގިލީގެ ނިޝާންތައް ޕޮލިހުންނާ ގުޅިގެން ވެރިފައިކުރައްވާނެކަމަށާ އަންނައަހަރު އެކޮމިޝަނަށް ފިންގަރ ޕްރިންޓް ޗެކްކުރެވޭ މެޝިނެއްލިބި އެފަދަ މައްސަލަތައް ޙައްލުވެގެންދާނޭ ކަމުގައެވެ.
ފުވާދު ތައުފީގު އިތުރަށް ވިދާޅުވީ އޮޅުވާލައިގެން އެހެންޕާޓީތަކުގެ މެންބަރުން އެ މީހަކު ހިމެނޭ ޕާޓީނޫން ޕާޓީއަކަށް އެމީހަކަށް އެނގުމެއްނެތި ފޯމުފުރާ ދޮގު ފިންގަރ ޕްރިންޓް ބޭނުން ކޮށްފައި އެބަހުރިކަމަށާ އެފަދަފަރާތްތައް މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވާފައިވާނެކަމުގައެވެ
އިލެކްޝަންސް ކޮމިޝަނަކީ އެއްވެސް ފަރާތެއްގެ ފިއްތުމެއް ނެތް މުސްތަގިއްލު ކޮމިޝަނަކަށް ވީހިނދު ގާނޫނުން އެކޮމިޝަނަޝް ލިބިދީފައިވާ މިނިވަންކަން އެއްވެސްފަރާތަކުންދައްކާ ބިރަކަށް ނަންގަވާ ނުލައްވާނޭ ކަމަށާ ކޮމިޝަންގެ ތެރެއިން ގަވާޢިދާޚިލާފު އެއްވެސް ޢަމަލެއް ހިންގައިފިނަމަ އެފަރާތަކާ މެދު އަޅަންޖެހޭގާނޫނީ ފިޔަވަޅު އަވަހަށް އަޅުއްވާނޭކަމުގައިވެސް ފުވާދު ވިދާޅުވިއެވެ.
ފުވާދުވިދާޅުވީ ސިޔާސީޕާޓީތަކުގެ މިހާރުގެ ގަވާޢިދަކީ ބަދަލުކުރަންޖެހިފައިވާ ގަވާޢިދެއްކަމަށާ އެ ގަވާޢިދު ބަދަލުކޮށް ސިޔާސީޕާޓީތަކާ މެދު މިހާރު ޢަމަލުކުރުމަށް އަލަށް ހައްދަވާ ގަޢިދު ނިމުމުން މިހާރުހުރި ބޮލުގެރިހުން ކުޑަވެގެންދާނޭ ކަމުގައެވެ.