ފޮޓޯ: އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ޙަރަކާތްތަކުގެ ތެރެއިން

ފޮޓޯ: އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާ އޮފީސް

ހެންވޭރު ދެކުނު ޒުވާނުންގެ މެދުގައި ކުޅެވުނު މި ފުޓުބޯޅަ މެޗް ބައްލަވާލެއްވުމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަޑައިގެންނެވިއެވެ.
މި ފުޓުބޯޅަ މެޗް އިންތިޒާމްކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް ޙުސައިން ޝަހީމްގެ ބެއްލެވުމުގެ ދަށުން، އެ ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޤަފޫރާއި، ކައުންސިލަރ އާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ ދީދީގެ އެއްބާރުލެއްވުމާއެކު ކަމަށް އެ ދާއިރާ އޮފީހުން މައުލޫމާތުދެއެވެ.