ތަރައްޤީ: އައްޑޫސިޓީގައި ފުލެޓް އަޅައިދޭ ޗައިނާ ކުންފުނީގެ އިންޖިނޭރުން ހިތަދޫ އަށް އަތުވެއްޖެ – އައްޑޫ ސިޓީކައުންސިލް

ފަހަލަސަޢީދު

ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ދަށުން އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތް ކުރާ 550 ފުލެޓް އެޅުމަށް ބިޑު ކާމިޔާބުކުރި ޗައިނާ ކުންފުނީގެ އިންޖިނޭރުން އައްޑުއައް އަތުވެއްޖެ ކަމުގާ އައްޑޫ ސިޓީ އިން ޚަބަރުދީފިއެވެ.
އައްޑޫސިޓީކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އިބުރާހިމް ލުޠުފީ ވިދާޅުވީ ޗައިނާ ކުންފުނީގެ މީހުން މިހާރުބަލަމުން ދަނީ ފުލެޓްއަޅާ ސަރަހަޙައްދު ކަނޑައެޅުމުގެ މަސައްކަތް ކަމުގައެވެ. ކުރިން ކަނޑައެޅިފައިވަނީ ދަރުބާރުގެ ހިމެނޭ ސަރަޙައްދާ ވަރަށް ގާތުގައި ކަމަށާ ނަމަވެސް މިހާރު އެސަރަޙައްދުން އެހެން ދިމާލަކަށް ފުލެޓް އަޅާ ބިން ބަދަލުވެފައިވާތީ ސަރަޙައްދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ލިބިފައިވެއެވެ.މިއީ އެއްއަހަރުދުވަހުން ނިންމާގޮތަށް އަޅައިދޭ 550 ފުލެޓް ކަމަށް ވެސް އެއިދާރާއިން ހާމަކޮށްފައިވެއވެ.
އަދިމީގެ އިތުރުން ވެސް އައްޑޫގައިވަނީ ގެދޮރުގަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒު ކުރެވިގެން ވިއްކާ ގެ އެޅުމުގެ މަޝްރޫޢެއްވެސް ފެށިފައެވެ.މިގެދޮރަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް އައްޑިހައްވުރެ ގިފަރާތުން ފޯމުހުށަހަޅާފައިވާ ކަމަށާ މިގެތަކަކީ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ފްލޮރަންސް ކުންފުންޏާ އެޗް.ޑީ.އެފްސީ ގުޅިގެން އެޅުމަށް ހަމަޖެހިފައިވާ ގެތަކެއްކަމަށް ވެސް އައްޑޫސިޓީކައުންސިލުން ޚަބަރުދެއެވެ.
އައްޑޫ ސިޓީއަށް އަމާޒް ކުރެވިގެންއަޅަން ހަމަޖެހިފައިވާ މިގެތަކަކީ ތަފާތު އަގުތަކެއްގައި ވިއްކާ ގެ ކަމަށާ މިއިންގެއެއްގެ އަގަކީ އަށްލައްކައާ ފަސްލައްކައާ ދެމެދުގެ އަގުތަކެއްގައި ދިގުމުއްދަތުން އަދާކުރާގޮތަށް އަޅައިދޭ ގެތަކެއް ކަމަށް އައްޑޫ ސިޓޓީއިން ޚަބަރުދެއެވެ.
އައްޑޫ ސިޓިގެ ރައްޔިތުންނެކޭ އެއްފަދައިން މިމަޝްރޫޢުތަކަކީ މުޅިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވެސް ހުޅުވުވިގެދާނޭ ފުރުށަތެއް ކަމުގައިވެސް ޚަބަރު ލިބިފައިވެއެވެ.