8 ޖޫން 2010
އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީގެ މައްޗަށް އިތުބާރުނެތްކަމަށް ހުށަހަޅާފައިވާ މައްސަލައަކީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހަންމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ވާހަކަދައްކަވަމުން މަޑަވެލީގެ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ ހަމައެކަނި ޚިޔާލެއްގެ ގޮތުގައި އޮތް ކަމެއްގެމައްޗަށް ބަލައި މިފަދަ ހުށަހެޅުމެއް ހުށަހެޅީ އިދިކޮޅު ޕާރޓީއަކީ ޒިންމާދާރު ޕާރޓީއަކަށް ނުވާތީ ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ޑރ. މުސްޠަފާ ލުތުފީގެ އިތުރުން ރާއްޖޭގެ ތަޢުލީމި ދާއިރާއާއި ކިޔަވާ ކުދިން ޙިމާޔަތްކުރުމަށް، ޑރ. މުސްތަފާ ލުތުފީއާ ދެކޮޅަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް މަސައްކަތްކުރައްވާނޭ ކަމުގައެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވެސް ވަނީ މި މައްސަލައާ ބެހޭ ގޮތުން ނާޒިމް ދެއްކެވި ވާހަކައަށް ތާޢީދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ރައީސްގެ އަރިހުގައި އޮސްޓްރޭލިއާ އަށް ކުރެއްވި ކާމިޔާބު ދަތުރުފުޅާއި، ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މޫސަ ވާހަކަފުޅުދެއްކެވިއެވެ.
ރޭގެ ޖަލްސާގައި ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ، ޢަބްދުﷲ ޖާބިރާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ވެސް