އިއުލާން: އެމްޑީޕީ އުތުރު ޕްރޮވިންސްގެ ސެކްރެޓޭރިއަޓުން ނެރޭ އިޢުލާން

ސްޕޯކްސް ޕާސަން ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

އެމްޑީޕީ އުތުރު ޕްރޮވިންސް އިދާރާގެ ސްޕޯކްސް ޕާސަން ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިމަޤާމަށް ކުރިމަތިލައްވަން އެދިލައްވާ ބޭފުޅުން ސިޓީއަކުން ވަނަވަރާއި، އައިޑީކާޑުގެ ކޮޕީއަކާއި އެކު 15 ސެޕްޓެމްބަރ 2011ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން އެދެމެވެ.

ޝަރުތު: ޕާޓީގެ މެންބަރަކަށް ވުމާއި، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ސާނަވީ އިމްތިހާނަކުން އިނގިރޭސިއާއެކު ދެ މާއްދާއިން “c” ގްރޭޑް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ދިވެހި މިމާއްދާއިން ދަށްވެގެން “c” ގްރޭޑް ލިބިފައިވުމާއި، ކޮމްޕިއުޓަރަށް އަހުލުވެރިވުން.

މަސްއޫލިއްޔަތު:
(ހ) އެމްޑީޕީ އުތުރު ޕްރޮވިންސް އިން އިންތިޒާމްކޮށްގެން ބާއްވާ ޕާޓީގެ އިދާރީ ޖަލްސާތަކާއި ބެހޭ މަޢުލޫމާތު މީޑިއާ އަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން
(ށ) އެމްޑީޕީ އުތުރު ޕްރޮވިންސް އިދާރާގެ ފަރާތުން މީޑިއާ އަށް ހާމަކުރަންޖެހޭ ކަންތައްތައް މީޑިއާ އާއި ޙިއްސާކުރުން
(ނ) އެމްޑީޕީ އުތުރު ޕްރޮވިންސް އިދާރާގެ މީޑިއާ އާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން
އިތުރު މަޢުލޫމާތު:
ކޮންޓެކްޓް: ، 7677066،7777722، އީމެއިލް: Northprovince.mdp@gmail.com
12 ސެޕްޓެމްބަރ 2011

-އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓް-